Advertisement

ވަވައްޗަށް ލައްވީ ބެހިގެން ހާލުގައި ޖެހިފައި ތިބި ބައެއް، މިހާރު ތިބީ ވަގުތީ ހިޔާވަހިކަމުގައި: ފުލުހުން

23 ޖޫން 2024 - 12:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިއްޔެ ވަވައްޗަށް ލައްވި ޑިންގީގައި ތިބި ތިން މީހުން -- ފޮޓޯ: ފުލުހުން


ވަވައްޗަށް ލައްވީ ބެހިގެން ހާލުގައި ޖެހިފައި ތިބި ބައެއް، މިހާރު ތިބީ ވަގުތީ ހިޔާވަހިކަމުގައި: ފުލުހުން

23 ޖޫން 2024 - 12:05 0

ނ. ވަވައްޗަށް ލެއްގި ޑިންގީގައި ތިބީ ކަނޑުމަތީ ހާލުގައި ޖެހި، ބެހިގެން އައި ބައެއް ކަމަށާއި އެ ޑިންގީގައި ތިބި ތިން މީހުންނަށް ހޮޅުދޫއިން ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ދެންމެ ފޮނުވި މެސެޖެއްގައި ބުނީ ހޮޅުދޫއަށް ގެންގޮސް އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ ހޮޅުދޫ ކައުންސިލުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

"އިއްޔެ ފެނުނު ސޯމަލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ، އެމީހުން ހޮޅުދޫއަށް ގެންގޮސް ކައުންސިލުގެ އެހީތެރިކަމާ އެކު ވަގުތީގޮތުން އެމީހުންނަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި" ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

އިއްޔެ އެމީހުން ލައްވި ވަވައްޗަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އެ ރަށަށް ލައްވި ތިން މީހުންގެ ފޮޓޯއެއް ފުލުހުން އިއްޔެ އާންމު ކުރި އެވެ. އެ ފޮޓޯއިން އެމީހުންގެ ހާލު އެހާ ގޯސް ނޫންކަން އެނގެ އެވެ. އެ މީހުން ދަތުރުކުރަމުންދިޔައީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ކުޑަކުޑަ ޑިންގީއަކުންނެވެ.

ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެކެވެ. މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްވެފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ، ނުރައްކާތެރި ސަރަހަދެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.