މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ މުހިންމު ކަމެއް ސަރުކާރަށް އޮވެގެން ނުވާނެ: މައުރޫފް

23 ޖޫން 2024 - 05:05 2

މަރިޔަމް އަފާ ނިޒާމް

މ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު(މަޓޭ) --


މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ މުހިންމު ކަމެއް ސަރުކާރަށް އޮވެގެން ނުވާނެ: މައުރޫފް

23 ޖޫން 2024 - 05:05 2

މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށްވުރެ މުހިންމު ކަމެއް މިވަގުތު ސަރުކާރަށް އޮވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރަށް އެއްވެ މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވީ ސަރުކާރުން މަސްވެރިންގެ އިހުތިޖާޖުތަކަށް އެދެވޭ އިޖާބަދީ، އަވަސް ހައްލެއް ހޯދައިދޭންޖެހޭ ކަމަށެވެ.

"މަޝްވަރާގެ މަތިން ޑިމާންޑްތަކަށް އަވަސް ހައްލެއް ހޯދައި ދޭންޖެހޭ. އައްޑޫ މަސްވެެރިންނަށް ވަގުތުން ވަގުތަށް ދޭންޖެހޭ ފައިސާދިނުމަށްވުރެ މުހިންމު ކަމެއް ސަރުކާރަށް އޮވެގެންނުވާނެ،" މައުރޫފް ވިދާޅުވި އެވެ.

އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އެ ކަންކަމާ ގުޅޭ ގޮތުން އެމީހުންނާ ވާހަކަ ދައްކަން ކަމާގުޅޭ އިސް ފަންތީގެ ބޭފުޅަކު މުޒާހަރާގެ ބައިވެރިންގެ ކައިރިއަށް ވަޑައިގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.

މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖާ ގުޅިގެން މިފްކޯ އައްޑު ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިދާރާއިން އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުންދިނުމަށް އެދިފަ އެވެ. އަދި އެގޮތަށް ކުރިއަށްގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އަލިބެ..

9 months ago

ޢަދަދު ނޫހުން މަސްވިއްކުމުގައި ރިޖެކްޓްގެ ގޮތުގައި މިފްކޯގެ ވެރިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ހިންގަމުންގެންދާ ބޮޑު ކޮރަޕްޝަން ތަހްޤީޤުކޮށް ރިޕޯޓެއް އެކުލަވާލުމަށް ދަންނަވަން. ފައިނޭންޝިއަލް ސްޓޭޓްމަންޓް ތަކާއި، ސަޕްލައި ޑޮކިއުމަންޓް ތަކުން ވަރަށް ރަގަޅަށް އަޅުގަޑު މިދަންނަވަން އުޅޭއެއްޗެއް ސާފްވާނެ. ވިސްނަވާނެ ކަމަށް އުއްމީދު ކުރަން.

އަލިބެ..

9 months ago

މަސްގަންނަނީ ނުއަގުގައެއް ނޫން. ގަންނަމަހުގެ 1/2 އެއްބައި ބޭރުގެ މަސްގަންނަ ފަރާތްތަކާއި ގުޅިގެން ރިޖެކްޓްގެ ގޮތުގައި ކަޑައެޅުމަށްފަހު، މިފްކޯގެ ވެރިން ކަޓު ނަގާތީ މަސްވެރިންނަށް ދޭނެ ފައިސާ ނުހުންނަނީ. ނުއަގުގައޭ ކޮންމެ މީހަކު ކިޔާއިރު މަހުގެ އަގަކީ ސިއްރެއްނޫން. ދުނިޔޭގެ މާރކެޓްގެ މަހުގެ އަގާއި، ރާއްޖޭގެ މަހުގެ އަގު ބަލައިގެން ފައިދާ ވާނެވަރު ދެނެގަތުމަކީ ރޮކެޓް ސައިންސެއްވެސް ނޫން.