ގާނޫނާ ހިލާފު ކަމެއް ނުކުރަން މަސްވެރިންގެ ކިބައިން ފުލުހުން އެދިއްޖެ

22 ޖޫން 2024 - 15:16 2

މަރިޔަމް އަފާ ނިޒާމް

މ

އައްޑޫގައި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މަސްވެރިން


ގާނޫނާ ހިލާފު ކަމެއް ނުކުރަން މަސްވެރިންގެ ކިބައިން ފުލުހުން އެދިއްޖެ

22 ޖޫން 2024 - 15:16 2

މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރަށް އެއްވެ މަސްވެރިން ކުރަމުންދާ މުޒާހަރާގައި ގާނޫނާ ހިލާފުކަމެއް ނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖު ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދިއުމަށް އެ އިދާރާއިން ފުރުސަތު ދީފައިވާނެ ކަމަށެވެ.

އެގޮތުން އިހުތިޖާޖު ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި ގާނޫނާއި ގަވާއިދުތަކުގެ ހުދޫގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމުކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށް ފުލުހުން ބުނެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އިއްޔެ ހަވީރުން ފެށިގެން މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖާ ގުޅިގެން މިފްކޯ އައްޑު ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަކަމަށެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިދާރާއިން އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުންދިނުމަށް އެދިފަ އެވެ. އަދި އެގޮތަށް ކުރިއަށްގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަސްވެރިން ކުރަމުންގެންދާ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އެ ކަންކަމާ ގުޅޭ ގޮތުން އެމީހުންނާ ވާހަކަ ދައްކަން ކަމާގުޅޭ އިސް ފަންތީގެ ބޭފުޅަކު މުޒާހަރާގެ ބައިވެރިންގެ ގާތަށް ވަޑައިގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


އަލިބެ..

9 months ago

މަސްގަންނަނީ ނުއަގުގައެއް ނޫން. ގަންނަމަހުގެ 1/2 އެއްބައި ބޭރުގެ މަސްގަންނަ ފަރާތްތަކާއި ގުޅިގެން ރިޖެކްޓްގެ ގޮތުގައި ކަޑައެޅުމަށްފަހު، މިފްކޯގެ ވެރިން ކަޓު ނަގާތީ މަސްވެރިންނަށް ދޭނެ ފައިސާ ނުހުންނަނީ. ނުއަގުގައޭ ކޮންމެ މީހަކު ކިޔާއިރު މަހުގެ އަގަކީ ސިއްރެއްނޫން. ދުނިޔޭގެ މާރކެޓްގެ މަހުގެ އަގާއި، ރާއްޖޭގެ މަހުގެ އަގު ބަލައިގެން ފައިދާ ވާނެވަރު ދެނެގަތުމަކީ ރޮކެޓް ސައިންސެއްވެސް ނޫން.

އަބްދުލްހަންނާން

9 months ago

ނިކަމެތި މަސްވެރިންގެ ފައިސާކޮޅު އަވަހަށް ދިނުމަށް ފުލުހުން ކީއްވެތަ ސަރުކާރުގެކިބައިން ނޭދެނީ؟