Advertisement

ސްޓްރޯކެއް ޖެހި "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރަށް ފަރުވާ ދެނީ

22 ޖޫން 2024 - 15:18 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މިހާރު ނޫހުގެ އެޑިޓަރު އިސްމާއީލް ނަސީރް -- ފޮޓޯ: މިހާރު


ސްޓްރޯކެއް ޖެހި "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރަށް ފަރުވާ ދެނީ

22 ޖޫން 2024 - 15:18 1

މޭޖާ ސްޓްރޯކެއް ޖެހި "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއީލް ނަސީރަށް ފަރުވާދޭން ފަށައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ދެއްވަމުން މިހާރު ނޫހުގެ އެޑިޓަރު އަހުމަދު ހަމްދޫން ވިދާޅުވީ، އިސްމާއީލަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާއެކު ބ. އޭދަފުށީގައި ހުންނަވަނިކޮށް އިއްޔެ ހަވީރު 5:15 ހާއިރު ކަމަށެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އެއާ އެމްބިއުލާންސްގައި އިތުރު ފަރުވާއަށް އެޑިޓަރު އިސްމާއީލް މާލެ ގެނައީ ރޭ 1:00 ހާއިރު އެވެ.

ހަމްދޫން އިތުރަށް ވިދާޅުވީ މިވަގުތު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އިސްމާއިލަށް ފަރުވާދެމުން އަންނަ ކަމަށާއި ހާލު ސީރިއަސް ކަމަށެވެ.

ނޫސްވެރިކަމުގެ ހިދުމަތުގައި 28 އަހަރު ހޭދަކޮށްފައިވާ އިސްމާއީލަށް ވަނީ އެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި "ރަން ގަލަން" ވެސް ލިބިވަޑައިގަނެފަ އެވެ. މިހާރު އުމުރުން 47 އަހަރުގެ އިސްމާއީލް ނޫސްވެރިކަން ފެއްޓެވީ "އާފަތިސް" ނޫހުންނެވެ. އަދި އެއަށްފަހު "ހަވީރު" ނޫހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.