22 ޖޫން 2024 - 09:03 1
މަރިޔަމް އަފާ ނިޒާމް
ހދ. ހަނިމާދޫ -
22 ޖޫން 2024 - 09:03 1
ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި 64 އަހަރުގެ އެ މީހާއަކީ އެ ރަށުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހެކެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނުނީ ރޭ ކޮޓަރިއަށް ވަނުމަށްފަހު ހަބަރެއް ނުވެގެން ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގޮސް ބެލުމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ގޮސް އޭނާ ދިރިއުޅޭ ކޮޓަރިއަށް ވައިން އިރު އޭނާ އޮތީ އެނދުމަތީގައި ކަމަށާއި އެއްވެސް ހަރަކާތެއް ނުކުރާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެ މީހާ ހަނިމާދޫ ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައި އޮތް ކަން ހެލްތް ސެންޓަރުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް، އޭނާ މަރުވާން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޢަލިފް
9 months ago
މީހެއް ކަމަށް ލިިޔުނީމަ ވަރަށް ދެރަ. މިއީ ކުޅިވަރު ހިދުމަތްތެރިޔާ އެންމެން ދަންނަ ނިއުރޭޑިއަންޓް ގެ ޖައްލެ. އިސްލާހުކޮށްލައްވާ.
Comment