Advertisement

އަލްބޭނިއާ އާއި ކްރޮއޭޝިއާ މެޗުގައި ސާބިއާ މީހުން މަރަން ގޮވި މައްސަލަ ޔުއެފާ އިން ބަލަނީ

22 ޖޫން 2024 - 12:44 0

އަލްބޭނިއާގެ ފޯވާޑް ޑަކޫ އަޑުގަދަކުރާއިން މެސެޑޯނިއާ އަށް ނިސްބަތްކޮށް ބޭއަދަބީ ޝުއޫރުތައް ފާޅުކުރަނީ: އޭނާ ވަނީ ފަހުން މައާފަށް އެދިފައި،


އަލްބޭނިއާ އާއި ކްރޮއޭޝިއާ މެޗުގައި ސާބިއާ މީހުން މަރަން ގޮވި މައްސަލަ ޔުއެފާ އިން ބަލަނީ

22 ޖޫން 2024 - 12:44 0

ނިޔޯން، ސްވިޒަލެންޑް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު އަލްބޭނިއާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން ސާބިއާ މީހުން މަރަން ގޮވި މައްސަލަ ޔުއެފާ އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި އެވެ.

މީގެ އިތުރުން އަލްބޭނިއާގެ ފޯވާޑް ޑަކޫގެ މައްސަލަ އެއް ވެސް ޔުއެފާ އިން އަންނަނީ ބަލަމުންނެވެ. އެއީ އަލްބޭނިއާ އާއި ކްރޮއޭޝިއާ 2-2 އިިން އެއްވަރުވި މެޗަށް ފަހު މެގަފޯނަކުން، މެެސެޑޯނިއާ އާއި ސާބިއާ އަށް ބޭއަދަބީ އިބާރާތުން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާ މައްސަލަ އެވެ.

އަލްބޭނިއާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ސާބިއާއާ ދެކޮޅަށް އެ ދެ ޓީމުގެ ސަޕޯޓަރުން ފާޅުކުރި ޝުއުރޫތަކާ ގުޅިގެން ހިތްހަމަނުޖެހި، އެ ދެ ޓީމުގެ ސަޕޯޓަރުންނަށް ފިޔަވަޅު ނާޅައިފިނަމަ ޔޫރޯ އިން ވަކިވާނެކަމުގެ އިންޒާރު ސާބިއާ އިން ވަނީ ދީފަ އެވެ.

އެއާ އެކު، ޔުއެފާ އިން އެ މައްސަލަ ތަހުގީގު ކުރަން ފެށީ، އެ ފަދަ ޝަކުވާތަކެއް އޮބްޒާވަރުންނަަށް ވެސް ފާހަގަކުރެވިފައިވާތީ އެވެ. އެ ގޮތުން، އަލްބޭނިއާ އާއި ކްރޮއޭޝިއާގެ ސަޕޯޓަރުންގެ ބަޔަކު ހިމެނޭ ގޮތަށް ދަނޑުގައި އަޑުގަދަކޮށް ޝުއޫރުފާޅުކޮށްފައިވަނީ، ސާބިއާ މީހުން މަރަން ޖެހޭ ކަމަށް ބުނެ އެވެ.

މި މައްސަލަ ސާބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޔުއެފާ އަށް ހުށަހަޅައިފަ އެވެ. އަދި ސަޕޯޓަރުން އެ ގޮތަށް ގޮވި މިނިޓާއި ވަގުތު ވެސް ވަނީ ލިޔުމުން އަންގައިފަ އެވެ. އެހެންވެ، ޔުއެފާގެ ޑިސިޕްލިނަރީ ޕެނަލުން ވަނީ އަވަހަށް މައްސަލަ ބަލަން ފަށައިފަ އެވެ.

އަލްބޭނިއާގެ ފޯވާޑް، ޑަކޫގެ މައްސަލަ، މެސެޑޯނިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޔުއެފާ އަށް ހުށަހަޅައިފަ އެވެ. އެއާ އެކު، ޑަކޫ ވަނީ މައާފަށް އެދި އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ.

ވަކި ދައުލަތެއްގެ ގޮތުގައި އަލްބޭނިއާ، ސާބިއާ އަދި ކޮސޯވޯ ކުޅިވަރުތަކުގައި ވާދަކުރަން ފެށި ފަހުން މި ކަހަލަ ގިނަ ކަންތައްތަކެއް އަންނަނީ ހިނގަމުންނެވެ. އެ ގޮތުން، 2016 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ސާބިއާ އާއި އަލްބޭނިއާ ކުޅުނު މެޗުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގައި ޔުއެފާ އިން ފިޔަވަޅު ވެސް އެޅި އެވެ.