20 ޖޫން 2024 - 06:48 0
ރާއްޖެ ހިމެނޭ ސަރަހައްދުގެ ވޯލްޑް ބޭންކުގެ އާ ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ސިސްލެން: އޭނާ މަގާމާ ހަވާލުވާނީ އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން --- ފޮޓޯ: ވޯލްޑް ބޭންކު
20 ޖޫން 2024 - 06:48 0
ރާއްޖެ އާއި ނޭޕާލް އާއި ސްރީލަންކާ ހިމެނޭ ސަރަހައްދުގެ ވޯލްޑް ބޭންކުގެ އާ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން ހަމަޖައްސައިފި އެވެ.
ވޯލްޑް ބޭންކުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ ސިސްލެން މި މަގާމާ ހަވާލުވާނީ އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން ކަމަށެވެ. މިހާރު އެ މަގާމުގައި ހުންނެވި ފަރީޒް ހަދާދް-ޒާރްވޯސް ބޭންކުގެ އެހެން މަގާމަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެ އެވެ.
އެމެރިކާ އާއި އިޓަލީ ޕާސްޕޯޓު އޮންނަ ސިސްލެން ވޯލްޑް ބޭންކާ ގުޅުނީ 2001 ގައި، އެ ބޭންކުގެ އާބަން ކްލަސްޓާ ޔުނިޓުގެ އިކޮނޮމިސްޓަކަށެވެ. އެއަށް ފަހު އޭނާ ވަނީ އެކި ސަރަހައްދުތަކުގައި ވޯލްޑް ބޭންކުގެ އޮޕަރޭޝަނަލް އަދި މެނޭޖީރިއަލް މަގާމުތައް ފުރުއްވާފަ އެވެ.
ސިސްލެން މިފަހަކާ ޖެހެންދެން ހުންނެވީ ލެޓިން އެެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ އާބަން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް އެންޑް ލޭންޑުގެ ޕްރެކްޓިސް މެނޭޖަރެއްގެ މަގާމުގައި، އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގަ އެވެ.
މަގާމު ލިބުމާ ގުޅިގެން ސިސްލެން ދެއްވި މެސެޖުގައި ވިދާޅުވީ ވަރަށް އަވަރަށް ސްޓޭކްހޯލްޑްރުންނާއި ބައިވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
"އަހަރެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ސްޓެރެޓެޖިކް ޑައިލޮގު ކަނޑައެޅުމުގައި ކުރީސަފުގައި ހުރެ ބޭންކުން އިސްކަންދޭ އަވަސްމިނާއި، ބޮޑުމިނާއި، އޭގެން ކުރާނެ އަސަރަށް ބިނާކޮށް އޮޕަރޭޝަންތައް ބައްޓަން ކުރުމާއި، ސަރުކާރުތަކާއި ތަރައްގީގެ ބައިވެރިންނާއި ގިނަ ސްޓޭކްހޯލްޑަރުުންނާއެކީ ގާތުން މަސައްކަތް ކުރުން" އޭނާ ވިދާޅުވި އެވެ.
ސިސްލެން ހަވާލުވާ ސަރަހައްދުގެ ވޯލްޑް ބޭންކުގެ ޕޯޓްފޯލިއޯ އަގުކުރެވިފައި ވަނީ 4.8 ބިލިއަން ޑޮލަރުގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment