ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަަށް ދަނީ: އިއްޔެ ރޭ މަރުވީ އެ ބުރިޖުގެ މަސައްކަތު މީހެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އަނބުރައިގަނެގެން ވެއްޓިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ސިނަމާލެ ބްރިޖުގެ މަސައްކަތްތެރިއެއް ކަމަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށާއި މަރުވީ ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.
ގްރައުންޑުގައި ހުއްޓާ އަނބުރާގަނެގެން ވެއްޓުނު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޓްރީޓޮޕާ ހަވާލާދީ ފުލުހުން ބުނެ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.
މާލެ ސަރަހައްދުގެ ހަތަރު ރަށެއް ގުޅުވައިލަދޭ 6.7 ކިލޯމީޓަރުގެ އެ ބްރިޖުގެ މަސައްކަތް ހަވާލުވެގެން ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ނަގައިގެން ހިންގާ މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެން، މޭ 2024 ގެ ނިޔަލަށް ނިންމުމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވެގެން ދިޔުމާއެކު އަލަށް އެކުލަވާލި ތާރީހުގައި، ތިލަފުއްޓާ ހަމައަށް ގުޅާލަން ޖެހެނީ ސެޕްޓެމްބަރު 2026 ގެ ނިޔަލަށެވެ.
Comment