Advertisement

ގައިދީންނަށް ކާންދޭން އެވެރެޖުކޮށް އަހަރަކު 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

19 ޖޫން 2024 - 13:30 6

މާފު ޖަލު ތެރެ: ގައިދީންގެ ކެއުމުގެ ހަރަދުތަކުގެ ތަފުސީލު ދީފި - ފޮޓޯ: މެކްސިމަމް ފިލްމްސް


ގައިދީންނަށް ކާންދޭން އެވެރެޖުކޮށް އަހަރަކު 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

19 ޖޫން 2024 - 13:30 6

ވޭތުވެދިޔަ ހަތަރު އަހަރު ގައިދީންގެ ކެއިން ބުއިމުގެ ހަރަދަށް ކޮންމެ އަހަރަކަށް 40 މިލިއަން ރ. އަށް ވުރެ ގިނައިން އަރާފައިވާ ކަން ކަރެކްޝަންސް އިން ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަރެކްޝަންސް އިން 2019، އިން ފެށިގެން 2023، އަށް ގައިދީންނަށް އެ މުއައްސަސާއިން ކުރި ހަރަދުތަކުގެ ތަފުސީލު "އަދަދު" ނޫހުން އެދުމުން ހިއްސާކޮށްފަ އެވެ.

ކެއުމުގެ ހަރަދު:

  • 2019: 26،496،971.06 ރ
  • 2020: 53،689،244.08 ރ
  • 2021: 47،959،767.28 ރ
  • 2022: 48،341،629.62 ރ
  • 2023: 48،341،629.62 ރ

އުޖޫރައިގެ ހަރަދު:

  • 2019: 3،151،500 ރ
  • 2020: 3،376،976 ރ
  • 2021: 3،367،290 ރ
  • 2022: 3،454،260 ރ
  • 2023: 3،591،675 ރ

އެހެނިހެން ހަރަދު:

  • 2019: 6،840،481.27 ރ
  • 2020: 13،164،567.89 ރ
  • 2021: 4،967،055.56 ރ
  • 2022: 9،632،165.64 ރ
  • 2023: 6،274،510.05 ރ