Advertisement

ރޭ ފަތިހު އަދި މިއަދު މެންދުރު ވެސް މާރާމާރީއެއް

16 ޖޫން 2024 - 15:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕޮލިސްގެ ވެހިކަލެއް: މާލެ ސިޓީގައި މާރާމާރީ އިތުރުވުމުން ފުލުހުން ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައި -- ފޮޓޯ: އަދަދު


ރޭ ފަތިހު އަދި މިއަދު މެންދުރު ވެސް މާރާމާރީއެއް

16 ޖޫން 2024 - 15:05 0

ރޭ ފަތިހު ހުޅުމާލޭގައި އަދި މިއަދު މެންދުރު މާލޭގައި މާރާމާރީއެއް ހިންގައި، 24 ގަޑިއިރު ތެރޭގައި ތިން މާރާމާރީއެއް މާލެ ސިޓީގައި ހިންގައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:45 ހާއިރު މާލޭ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި މާރާމާރީގައި ދެ މީހަކު ޒަހަމްވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

ހުޅުމާލޭގައި ރޭ ފަތިހު 4:07 ފިލިގަސް މަގުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނު ކަމަށް ފުލުހުން ބުނެ އެވެ.

އެ މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިޔުމުން، މާރާމާރީ ހިންގި މީހާ އެހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތް ކުރުމުން، ފުލުހަކު އެ ކާރު ހުއްޓުވަން މަސައްކަތް ކުރަން އުޅުނު ކަމަށާއި ނަމަވެސް ކާރުން ފުލުސް މީހާ ގައިގައި ޖައްސައި އެ ކާރުގައި ތިބި ދެ މީހުން ވަނީ ފިލާފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުން އެކަކު ހައްޔަރުކުރި ކަމަށާއި އަދި އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.

މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

މި ދެ މާރާމާރީގެ އިތުރުން ރޭ މާލޭ ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.