Advertisement

ގަވާއިދާ ހިލާފުވި ބައެއް ފުލުހުންނަށް އަޅަން ނިންމި ފިޔަވަޅު ތަންފީޒުވެފައެއް ނެތް: މިނިސްޓަރު

25 ޖޫން 2024 - 14:36 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހޯމް މިނިސްޓަރު އަލީ އިހުސާން ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް


ގަވާއިދާ ހިލާފުވި ބައެއް ފުލުހުންނަށް އަޅަން ނިންމި ފިޔަވަޅު ތަންފީޒުވެފައެއް ނެތް: މިނިސްޓަރު

25 ޖޫން 2024 - 14:36 0

ގަވާއިދާ ހިލާފުވި ބައެއް ފުލުހުންނަށް އަޅަން ނިންމި ފިޔަވަޅުތައް ތަންފީޒުކޮށްފައި ނުވާ ކަމަށާއި އެފަދަ މައްސަލަތައް ބަލަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަށް އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފުވާ ފުލުހުންގެ މައްސަލަ ބަލަން މިހާރު ވެސް ތިން މެކޭނިޒަމެއް އެބަ އޮތް ކަމަށާއި އެހެންވެ އެކަން "އޯވަ ރެގިއުލޭޓް" ވެފައިވާ ކަމަށެވެ. ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމަނައިގެން އެކަން ބަދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފާހަގަކުރެވޭ ކަމަކީ ކުރިން، ކަންކަމުގައި ފިޔަވަޅުއަޅަން ނިންމާފައި ތިބި ފުލުހުންނަށް ވެސް ފިޔަވަޅު އެޅިފައެއް ނެތް. އަޅުގަނޑުމެން މިހާރު އެބަ ދަން ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑްގެ ތެރެއިން އެ މައްސަލަތައް ބަލުވަމުން، ތަކުރާރުކޮށް، އިނގޭތޯ، ބަލާފައި އެމީހުންނަށް އަޅުގަނޑުމެން ފިޔަވަޅުއަޅާނަން،" އިހުސާން ވިދާޅުވި އެވެ.

ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ހެދޭނީ އެފަދަ ފުލުހުންނަށް ފިޔަވަޅު އަޅައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.