Advertisement

މެޗު ކުޅޭ ދަނޑުގައި ޕޮލެންޑާއި ނެދަލެންޑްސް އަށް ޕްރެކްޓިސް ކުރަން ނުލިބުނު

16 ޖޫން 2024 - 09:01 0


މެޗު ކުޅޭ ދަނޑުގައި ޕޮލެންޑާއި ނެދަލެންޑްސް އަށް ޕްރެކްޓިސް ކުރަން ނުލިބުނު

16 ޖޫން 2024 - 09:01 0

ހެމްބާގް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ނެދަލެންޑްސް އާއި ޕޮލެންޑް ބައްދަލުކުރާ މެޗުގެ ކުރިން، އެ ދެ ޓީމުން މެޗު ކުޅޭ ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔުއެފާ އިން ބުނީ، މިއީ ދަނޑުގެ ހާލަތަށް ބަލާފައި ނިންމި ކަމެއް ކަމަށެވެ.

މިއަދުގެ މެޗު ކުޅޭ ވޯލްކްސްޕާކް ސްޓޭޑިއަމް ހެމްބާގްގެ ގްރާސް ޕިޗު ބަދަލުކުރުމުގެ މަސައްކަތް ފެށީ މެއި 19 ވަނަ ދުވަހުގެ ފަހުންނެވެ. އެއީ، އެ ދަނޑުގައި ހޯމް މެޗުތައް ކުޅެމުން އަންނަ ހެމްބާގް ކުޅޭ ދެ ވަނަ ޑިވިޝަނުގެ ހޯމް މެޗުތައް ނިމުމުންނެވެ.

އޭގެ ފަހުން މި ވީ ހަތަރު ހަފްތާ އަށްފަހު ވެސް ޔުއެފާ އިން ނިންމާފައިވަނީ، އެ ދަނޑުގައި ކުޅޭ ފުރަތަމަ މެޗުގެ ކުރިން، ޓީމުތަކަށް ފަރިތަކުރުމަށް ނުދޭ ގޮތަށެވެ. ހެމްބާގް ދަނޑުގައި، ކުއާޓާ ފައިނަލް އެއް މެޗު ހިމެނޭ ގޮތަށް މި ފަހަރުގެ ޔޫރޯގެ ފަސް މެޗެއް ކުޅޭނެ އެވެ.

"އަހަރެމެންނަށް މި ދަނޑުގައި ކުޅެން ފުރުސަތު ނުދިނީ ފަހަރުގައި ވެދާނެ، ހީކުރި ވަރަށް ވުރެ ދަނޑުގެ ކޮލިޓީ ގޯހީ ކަމަށް،" ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުންޏެވެ.

ކޫމަންގެ އެ ވާހަަކައާ ގުޅިގެން، ޔުއެފާ އިން ނެރުނު މީޑިއާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ދަނޑުގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި މެޗުގެ ކުރިން ދަނޑު ޓްރެއިނިން އަށް ބޭނުންނުުކުރުމަކީ މިހާލަަތަށް ބަލާއިރު ރަނގަޅު ނިންމުމެއް ކަމަށެވެ.

ޔުއެފާ އިން ޓީމުތަކުގެ ޓްރެއިނިން އަށް ހަމަޖައްސައިދީފައިވާ ބައެއް ދަނޑުތަކުގެ ޕިޗްއާ މެދު ޓީމުތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެ ގޮތުން، ސްވިޒަލެންޑުން ވެސް ވަނީ ޓްރެއިނިން ޕިޗު މައްސަލައިގައި ރަސްމީކޮށް އެދިގެން ބަދަލު ގެނެސްފަ އެވެ.

ނެދަލެންޑްސް އާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ މިއަދު 6 ޖަހާއިރު އެވެ.