Advertisement

"އެކްސް" އިން ވަކިކުރި މުވައްޒަފުންތަކަކަށް އޮޅިގެން އިތުރަށް މުސާރަ ދެވިއްޖެ

16 ޖޫން 2024 - 06:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"އެކްސް" އިން ވަކިކުރި މުވައްޒަފުންތަކަކަށް އޮޅިގެން އިތުރަށް މުސާރަ ދެވިއްޖެ

16 ޖޫން 2024 - 06:38 0

އިލޮން މަސްކުގެ "އެކްސް" އިން ވަކިކުރި މުވައްޒަފުންތަކަކަށް އޮޅިގެން މުސާރައިގެ ގޮތުގައި އިތުރަށް ފައިސާ ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސިޑްނީ މޯނިން ހެރަލްޑްއިން ބުނީ އެކްސް އޮސްޓްރޭލިއާއިން ވަކިކުރި ބައެއް މުވައްޒަފުންނަށް އިތުރަށް މުސާރަ ދެވިފައިވާތީ، އެ ފައިސާ އަނބުރާ ރައްދު ކުރުމަށް އަންގާފައިވާ ކަމަށެވެ.

އެކްސްއަށް އޮޅިގެން އިތުރަށް މުސާރަ ދެވިފައި ވަނީ އެމެރިކަން ޑޮލަރު، އޮސްޓްރޭލިއާ ޑޮލަރަށް ބަދަލުކުރުމުގެ ތެރޭގައި ކަމަށާއި އެއީ ހެދުނު ގޯހެއް ކަމަށް އެކްސްއިން ބުނެފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.

"އިތުރަށް ދެވިފައިވާ ފައިސާ ވީ އެންމެ އަވަހަކަށް އެކައުންޓަށް އަނބުރާ ރައްދު ކޮށްދިނުން އެދެން،" މުވައްޒަފުންނަށް ފޮނުވި މެސެޖުގައި އެކްސްއިން ބުނެފައިވެ އެވެ.

މީގެ 18 ވަރަކަށް މަސް ކުރިން އެކްސްއިން ވަކިކުރި ބައެއް މުވައްޒަފުންނަށް އޮޅިގެން 70،000 ޑޮލަރު ވެސް ޖަމާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ފައިސާ އަނބުރާ ރައްދު ނުކޮށްފި ނަމަ، ކޯޓު މެދުވެރިކޮށްގެން ވިޔަސް ފައިސާ ހޯދާނެ ކަމަށް އެކްސްއިން ބުނެ އެވެ.