Advertisement

ޖުމްހޫރީ މައިދާނުގައި ހުރި ބައެއް އީދު ލައިޓުތަކުގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި

16 ޖޫން 2024 - 01:56 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ލައިޓްތަކުގެ ތެރެއިން ކޭބަލް ވަގަށް ނަގާފައިވާ ލައިޓެއް. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


ޖުމްހޫރީ މައިދާނުގައި ހުރި ބައެއް އީދު ލައިޓުތަކުގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި

16 ޖޫން 2024 - 01:56 1

އަޟްހާ އީދަށް ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް ލައިޓުތަކުގެ ކަރަންޓު ކޭބަލްތައް ވަގަށް ގެންގޮސްފި އެވެ.

ސިފައިންނާއި ފުލުހުންގެ ވެސް މައި މަރުކަޒުގެ ކުރިމަތީގައި ދިއްލާފައި ހުރި އެ ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް "އަދަދު" ނޫހަށް ވިދާޅުވީ މި ހާލަތަކަށް ގައުމުގެ ކަންކަން ދިޔުމަކީ ވަރަށް ދެރަ ކަމެއް، ކަމަށާއި، މިފަދަ ކަންކަން ތަކުރާރު ވަމުން ދަނީ ގާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

"މި މައްސަލަ ސިޓީ ކައުންސިލުން ވާނީ ޕޮލިހަށް ހުށަހަޅާފައި. އަވަހަށް މައްސަލަ ބަލައި، ކުށްވެރިން ހޯދުމަށް ގޮވައިލަން،" އާޒިމް ވިދާޅުވި އެވެ.

ކޭބަލްތައް ވަގަށް ނަގާފައިވާ ލައިޓެއްގެ ހާލަތު މޭޔަރު އާޒިމް މިރޭ ބައްލަވަނީ. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި ބަހެއް ނުބުނެ އެވެ.

މާލޭގައި ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ސަރަހައްދު ކަމުގައިވާ ގްރީން ޒޯނުގައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންދިޔައިރު، މި ޖޫން މަހު 2 ވަނަ ދުވަހުގެ ރޭ މެންދަމު ގްރީން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ވެސް ރޯކޮށްލި އެވެ. އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.