Advertisement

އަލްވާރޯ މޮރާޓާ

14 ޖޫން 2024 - 15:21 0


އަލްވާރޯ މޮރާޓާ

14 ޖޫން 2024 - 15:21 0

ނަން: އަލްވާރޯ މޮރާޓާ

އުފަން ތާރީހް: 23 އޮކްޓޯބަރު 1992 (31 އަހަރު)

ޤައުމު: ސްޕެއިން

މަޤާމް: ފޯވަޑް

ކްލަބް: އެތުލެޓިކޯ މެޑްރިޑް

ޤައުމީ ޓީމަށް ކުޅެން ފެށީ: 2014 ވަނަ އަހަރު

ސްޕެއިންގެ ސްކޮޑުގައި މި ފަހަރު ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔަކީ ފޯވަޑް އަލްވާރޯ މޮރާޓާއެވެ. އެހެންކަމުން މި އަހަރުގެ ޔޫރޯގައި ސްޕެއިންގެ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި މޮރާޓާ ގުނާލެވޭނެއެވެ.

ރެއާލް މެޑްރިޑްގެ އެކެޑަމީގައި އުޅުމަށްފަހު، އެ ކްލަބުގެ ސީިނިއާ ޓީމުން މޮރާޓާ ޖާގަ ހޯދީ 2010 ވަނަ އަހަރެވެ. އެކަމަކު ރެއާލްގެ ފުރަތަމަ 11 އިން ގަވައިދުން ޖާގަ ހޯދަން އުނދަގޫވުމާއެކު، އޭނާ ވަނީ 2014 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެފައެވެ. ޔުވެންޓަސްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ޔުވެންޓަސްގައި ދެއްކި މޮޅު ކުޅުމާއެކު، ރެއާލް އިން 2016 ވަނަ އަހަރު މޮރާޓާ އެނބުރި ގެނެސްފައެވެ. ރެއާލްގައި އެއް ސީޒަން ހޭދަކުރުމަށްފަހު މޮރާޓާ ބަދަލުވީ ޗެލްސީއަށެވެ. އަދި އޭގެ ފަހުން އޭނާ ބަދަލުވީ އެތުލެޓިކޯ މެޑްރިޑަށެވެ. އެތުލެޓޯކޯގައި ހުރި ލޯނު އުސޫލުން ޔުވެންޓަސްއަށް ވެސް ކުޅުނެވެ.

މޮރާޓާ ވަނީ ސްޕެއިންގެ ޒުވާން ޓީމުތަކަށް ކުޅެފައެވެ. އެގޮތުން 2013 ވަނަ އަހަރު އޮތް 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމުގައިވެސް އޭނާ ހިމެނެއެވެ.

ސްޕެއިންގެ ސީނިއާ ޓީމަށް މޮރާޓާ ކުޅެންފެށީ 2014 ވަނަ އަހަރެވެ. މޮރާޓާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މުބާރާގަކީ 2016 ވަނަ އަހަރުގެ ޔޫރޯއެވެ. އެއަށްފަހު 2020 ވަނަ އަހަރުގެ ޔޫރޯ އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮރާޓާ ކުޅުނެވެ.

މި އަހަރުގެ ޔޫރޯގެ ކޮލިފައިންއަށް ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ވަނީ ސްޕެއިންގެ ކެޕްޓަންކަން މޮރާޓާ އަށް ދީފައެވެ. ޔޫޜޯގައި މި ފަހަރު ސްޕެއިން ނުކުންނާނީ މޮރާޓާގެ ކެޕްޓަންކަމުގެ ދަށުންނެވެ.