Advertisement

ކެވިން ޑި ބްރޭނާ

14 ޖޫން 2024 - 15:22 0


ކެވިން ޑި ބްރޭނާ

14 ޖޫން 2024 - 15:22 0

ނަން: ކެވިން ޑި ބްރޭނާ

އުފަން ތާރީހް: 28 ޖޫން 1991 (32 އަހަރު)

ޤައުމު: ބެލްޖިއަމް

މަޤާމް: މިޑްފީލްޑަރު

ކްލަބް: މެންޗެސްޓާ ސިޓީ

ޤައުމީ ޓީމަށް ކުޅެން ފެށީ: 2010 ވަނަ އަހަރު

މި ފަަހަކަށްއައިސް ޔޫރަޕްގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ޕްލޭމޭކަރުންގެ ތެރޭގައި ކެވިން ޑި ބްރޭނާ ހިމެނޭނެއެވެ. ހުނަރާޢި ޓެކްނީކަށް ބަލާއިރު ޑި ބްރޭނާއާ އެއް ފެންވަރެއްގައި ގުނާލެވޭނީ މަދު ކުޅުންތެރިއެކެވެ.

ބެލްޖިއަމްގެ ގެންކް އިން ކެރިއަރު ފެށުމަށްފަހު، 2012 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ނަމަވެސް، އެ ކްލަބުގައި ޑި ބްރޭނާ އަށް ފައި ހަރުކުރެވޭ ގޮތެއްނުވިއެވެ. ޑި ބްރޭނާގެ ކެރިއަރުގައި އޭނާ ވިދާލަން ފެށީ ޖަރުމަންގެ ވުލްފްސްބާގަށް ލޯނަކަށް ކުޅުނު އަހަރެވެ. އޭގެ ފަހުން ދާއިމީ ޓްރާންސްފާއެއްގައި ވުލްފްސްބާގަށް ބަދަލުވެ، ޖަރުމަން ބުންޑަސްލީގާގާއި މޮޅު ކުޅުމެއް ދެއްކިއެވެ.

ޑި ބްރޭނާގެ ހުނަރު ފާހަގަވެ، މެންޗެސްޓާ ސިޓީ އިން އޭނާ ގެންދިޔައީ 2015 ވަނަ އަހަރެވެ. އެ ކްލަބުގައި މިހާރު އޭނާ އަކީ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ސިޓީގައި ޑި ބްރޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މިހާތަނަށް ދެ ފަހަރު އޭނާ ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ޑި ބްރޭނާ، ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އަދި އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ 2014،2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ. އަދި ޔޫރޯ 2016 އަދި 2020ގައި ވެސް ކުޅުނެވެ.

ވޯލްޑް ކަޕް 2014 އަދި ޔޫރޯ 2016ގެ ޑެ ކުއާޓާ ފައިނަލަށް ބެލްޖިއަމް ގެންގޮސްދިނުމުގައި ޑި ބްރޭނާ މުހިންމު ރޯލެއް އަދާކުރިއެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ބެލްޖިއަމް ހޯދިއިރުވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ބެލްޖިއަމްގެ ކެޕްޓަންކަން ޑި ބްރޭނާ އަށް ދިނީ 2023 ވަނަ އަހަރުގެ މާޗު މަހުއެވެ. އެހެންކަމުން މި އަހަރުގެ މުބާރާތަކީ ޑި ބްރޭނާގެ ކެޕްޓަންކަންކަމުގައި ކާމިޔާބެއް ހޯދަން ލިބޭ ރަނގަޅު ފުރުސަތެކެވެ.