Advertisement

މަސްވެރިންގެ މުޒާހަރާގެ ތެރެއިން ފުލުސް ލޯންޗުގައި ޖެއްސި މައްސަލަ ތަހުގީގު ކުރަނީ

14 ޖޫން 2024 - 10:54 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަސްވެރިންގެ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަސްވެރިންގެ މުޒާހަރާގެ ތެރެއިން ފުލުސް ލޯންޗުގައި ޖެއްސި މައްސަލަ ތަހުގީގު ކުރަނީ

14 ޖޫން 2024 - 10:54 0

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމާ ދެކޮޅު ހެދުމުގެ ގޮތުން މިދިޔަ ބުދަ ދުވަހު މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ލޯންޗުގައި އޮޑިދޯނިފަހަރުން ޖެއްސި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އެ ބާވަތުގެ މައްސަލަތަކަކީ ތަހުގީގު ކުރަންޖެހޭ ކަންކަން ކަމަށާއި އެ ދުވަހު ހިނގައިދިޔަ ކަންކަން ވެސް ތަހުގީގު ކުރާނެ ކަމަށެވެ.

"އެ ދުވަހު ހިނގައިދިޔަ ކަންކަން ތަހުގީގު ކުރާނެ، އެ ބާވަތުގެ މައްސަލައަކީ ތަހުގީގު ކުރާނެ ކަންކަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންދިޔައީ ހުޅުމާލޭގަ އެވެ. ނަމަވެސް އެ މުޒާހަރާގައި ކުރަމުންދިޔަ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ބުނެ މާލެއަށް މިސްރާބު ޖެހީ އެ ދުވަހުގެ ހަވީރެވެ.

ފުލުހުންނާއި ސިފައިންގެ ލޯންޗުތަކުން މަސްއޮޑިތަކަށް ހުރަސް އެޅީ އެއްނަންބަރު ފާލަމާ ދިމާލަށް މަސްވެރިން މަސައްކަތް ކުރަން ފެށުމުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ގޮތުގައި އައި 35 ދޯނި ހުއްޓުވޭ ގޮތް ނުވެ ކަނޑިންމައިން އެތެރެއަށް ވަނެވެ.

ފުލުހުންގެ ލޯންޗުގައި މަސް އޮޑިފަހަރުން ޖެހުނީ ފަޅަށް ވަނަނުދިނުމަށް ފުލުހުންގެ ލޯންޗުން ހުރަސް އެޅުމުންނެވެ.

ފުލުހުންނާއި ސިފައިން ހުރަސްއަޅަމުން ދަނިކޮށް މުޒާހަރާގައި ބައިވެރިވި ހުރިހާ އުޅަނދުފަހަރު މާލޭ އެއް ނަންބަރާ ދިމާލުން ފަޅަށް ވަދެ އަޑު ވެސް އުފުލި އެވެ. މަސްވެރިންނާ ބައްދަލު ކުރުމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ ނިންމާލީ މަސްވެރިންނަށް ވިއްކާ ތެޔޮ އެއްގަމުން ލިބޭ އަގާ އެއްހަމަ ކޮށްދޭން އެ ރޭ މެންދަމު ސަރުކާރުން ނިންމުމުންނެވެ.

އޭގެ ފަހުން ބޮޑު ކަންނެލި ޔޫނިއަނުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ނުދޭން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް މިހައިތަނަށް ބުނެފައެއް ނުވެ އެވެ.