11 ޖޫން 2024 - 03:38 0
އަތޫފް އާތިފް
11 ޖޫން 2024 - 03:38 0
ރާއްޖޭގައި، މި މަހު 6-10 އަށް ކުރިއަށްދިޔަ، ދެކުނު އޭޝިއާ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖޭގެ އެތުލީޓުން 13 މެޑަލް ހޯދައިފި އެވެ.
މި މުބާރާތުގެ އެކި ކެޓަގަރީތަކުން ރާއްޖޭގެ އެތުލީޓުން 13 މެޑަލް ހޯދިއިރު, އޭގެ ތެރޭގައި ހިމެނެނީ ފަސް ރަން މެޑަލް އާއި, ފަސް ރިހި މެޑަލްގެ އިތުރުން ތިން ލޯ މެޑަލް އެވެ.
އަޒްނީން އަށް ރެކޯޑެއް، ރާއްޖެ އަށް 8 މެޑަލް
ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 170 މީޓަރު ސްޕޯޓްސް ފިޒީކް ކެޓަަގަރީން ޖެހިޖެހިގެން ތިން ފަހަރަށް ރަން މެޑަލް ހޯދައި، ރާއްޖޭގެ އެތުލީޓް، އަޒްނީން ރަޝާދު ވަނީ ރެކޯޑެއް ގާއިމްކޮށްފައި.
އަޒްނީން އަށް ރެކޯޑެއް، ރާއްޖެ އަށް 8 މެޑަލް
ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ 170 މީޓަރު ސްޕޯޓްސް ފިޒީކް ކެޓަަގަރީން ޖެހިޖެހިގެން ތިން ފަހަރަށް ރަން މެޑަލް ހޯދައި، ރާއްޖޭގެ އެތުލީޓް، އަޒްނީން ރަޝާދު ވަނީ ރެކޯޑެއް ގާއިމްކޮށްފައި.
މީގެތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ 170 ސެންޓްމީޓަރު ސްޕޯޓްސް ފިޒީކް ކެޓަަގަރީން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރާއްޖޭގެ އަޒްނީން ރަޝާދު ހޯދި ރަން މެޑަލް އެވެ. އެއާއެކު އޭނާ އަށް ވަނީ ރެކޯޑެއް ވެސް ލިބިފަ އެވެ. އަޒްނީން އަކީ ސަރަހައްދީ މުބާރާތުން ޖެހިޖެހިގެން ތިން ފަހަރު ރަން މެޑަލް ހޯދި ފުރަތަމަ ދިވެހި އެތުލީޓެވެ.
މީގެ އިތުރުން، އެތުލެޓިކް ފިޒީކްގެ 175 ސެންޓްމީޓަރު ބައިން ރާއްޖޭގެ އަބްދުﷲ އަހުސަން ރަން މެޑަލް ހޯދިއިރު, މި ކެޓަގަރީން ދެ ވަނަ އަށް ދިޔައީ އިބްރާހިމް ނަބީލް އެވެ.
މީގެ އިތުރުން އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރު ކެޓަގަރީން ރާއްޖޭގެ ފަތުހުالله މުހައްމަދު ރަން މެޑަލް ހޯދިއިރު, އެ ކެޓަގަރީގެ ދެވަނަ ހޯދީ މުހައްމަދު ޒިޔާދު އެވެ.
ބޮޑީބިލްޑިން 55 ކިލޯ ކެޓަގަރީން ރާއްޖޭގެ ޝަހީން އިބްރާހީމް ދީދީ ރަން މެޑަލް ހޯދިއިރު, ބޮޑީބިލްޑިން 60 ކިލޯ ކެޓަގަރީން ޝަލާލު އިބްރާހީމް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ބޮޑީބިލްޑިން 75 ކިލޯގެ ކެޓަގަރީން މުހައްމަދު ނަހްޔާން ވަނީ ރަން މެޑަލް ހޯދައިރު, ބޮޑީބިލްޑިން 90 ކިލޯ ކެޓަގަރީން މުހައްމަދު ޔާމީން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment