Advertisement

ނިހާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސްފި

6 ޖޫން 2024 - 22:16 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައްޔިތުންގެ މަޖިލީހުގެ ބިއުރޯ ޗީފަކަށް އައްޔަނު ކުރެއްވި ނިހާން: ނިހާންގެ މައްޗަށް އުފުލި ދައުވާތައް ޕީޖީން ވަނީ އަނބުރާ ގެންގޮސްފައި -- ފޮޓޯ؛ އަވަސް


ނިހާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސްފި

6 ޖޫން 2024 - 22:16 1

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް މިއަދު އައްޔަނު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ނިހާން "އަދަދު" އަށް ވިދާޅުވީ އޭނާގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިގެން ހާލަތު ބަޔާންކޮށް ޕީޖީއަށް ސިޓީއެއް ލިޔުނު ކަމަށާއި، އަދި މައްސަލަ މުރާޖާކޮށް ދައުވާ ކުރިއަށް ނުގެންދަން ޕީޖީން ނިންމާ ލިޔުމުން އެކަން އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާން އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ ނިހާންގެ މައްޗަށް އުފުލި ދައުވާތައް މުރާޖާ ކޮށްދޭން މިދިޔަ ޑިސެމްބަރު މަހު އެދުނު ކަމަށާއި ޕީޖީން މީގެ މަހެއްހާ ދުވަސް ކުރިން ނިންމީ ދައުވާތައް އަނބުރާ ގެންދަން ކަމަށެވެ.

ނިހާންގެ މައްސަލަތައް މިދިޔަ ފެބްރުއަރީ ހިސާބުގައިކަން މުރާޖާކުރިއިރު، ދައުވާ ކޮށްފައި ހުރީ ހަމައެކަނި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހެކިބަހަށްކަން ފާހަގަކުރެވުނު ކަމަށް ޝަފީއު ވިދާޅުވި އެވެ.

"2021 ގައި ނިންމި ރައީސް ޔާމީންގެ ވޮޑަމުލާ މައްސަލައިގައި އަދީބުގެ ހެކިބަހަށް ބާރުދޭ ގޮތަށް ކަނޑައަޅާފައި އޮތީ. އޭނަ ބުނާ ކޮންމެ އެއްޗަކަށް އިންޑިޕެންޑެންޓު ހެކިބަހެއް އޮންނަން ވާނެ. ނިހާންގެ ކޭސް އޮތީ ހަމައެކަނި އަދީބުގެ ހެކިބަހަށް ބޭސްކޮށްފައި ހުށަހަޅާފައި އޮތް ދައުވާތަކެއް. އެހެންވީމަ އެ ކުރިއަށް ގެންދެވޭނެ ކަމަށް ނުފެންނާތީ ދައުވާތައް އަނބުރާ ގެންދިޔައީ،" ޝަފީއު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ނިހާންގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާއެކެވެ.

އެއީ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ބުނެ އުފުލި ދައުވާތަކެވެ.

ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާއާ ގުޅޭ ގޮތުންނެވެ.

މީގެއިތުރުން ރިޝްވަތަށް އެދުމުގެ ދައުވާގައި ވަނީ ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓާ ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާނު ބުނި ކަމަށް ޕީޖީން އޭރު ބުނި އެވެ.