Advertisement

ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބަންގްލަދޭޝްއަށް 31 މިލިއަން ޑޮލަރު ފޮނުވި

24 މޭ 2024 - 16:28 0

ނިމާ ހަސަން

ނިމާ ހަސަން

ބިދޭސީ ލޭބަރުންތަކެއް މަސައްކަތުގައި; ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުން ރެމިޓެންސްގެ ގޮތުގައި އެ ގައުމަށް 31 މިލިއަން ޑޮލަރު ފޮނުވި -- ފޮޓޯ: އަދަދު


ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބަންގްލަދޭޝްއަށް 31 މިލިއަން ޑޮލަރު ފޮނުވި

24 މޭ 2024 - 16:28 0

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުން, ރެމިޓެންސްގެ ގޮތުގައި އެ ގައުމަށް 31 މިލިއަން ޑޮލަރު ފޮނުވި ކަމަށް ބަންގްލަދޭޝް ބޭންކުން ބުނެފި އެވެ.

ބަންގްލަދޭޝްއަށް އެންމެ ގިނައިން ފައިސާ ފޮނުވާ 30 ގައުމުގެ ލިސްޓުގައި ރާއްޖެ އޮތީ 24 ވަނައިގަ އެވެ. އެ ގައުމުގެ ބޭންކުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ އަހަރުގެ ޖުލައިން އިން މިއަހަރު އޭޕްރީލްގެ ނިޔަލަށް ރާއްޖެއިން ލިބުނީ 31.69 މިލިއަން ޑޮލަރެވެ.

ލިސްޓުގެ އެންމެ ކުރީގައި ތިބި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ, ސައުދީ އަރަބިއްޔާ, އިނގިރޭސިވިލާތް, އެމެރިކާ އޮމާން އަދި މެލޭޝިޔާގެ އިތުރުން ކުވެއިތު ހިމެނެ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން މަސައްކަތް ކުރަމުންދާއިރު, މިހާރު އޮތީ ބަންގްލަދޭޝްއިން ރާއްޖެއަށް ލޭބަރުން ގެނައުން މަޑުޖައްސާލާފަ އެވެ. އެއީ ވަޒީފާއާބެހޭ ގާނޫނުގައި, އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުން ކަމަށް ކަނޑައަޅާފައިވާތީ އެވެ.

އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ. ނަމަވެސް, މި ސަރުކާރުން އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމަށް ރިއާޔަތްކޮށް އެންމެފަހުން ހާމަކުރި އަދަދަކީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިންނެވެ.