22 މޭ 2024 - 18:55 1
ކުށުގެ ހާދިސާއެއް ހިނގި ސަރަހައްދަކަށް ވަނުން މަނާކުރަން ފުލުހުން ޓޭޕު ދަމާފައި: ހުޅުމާލޭގައި ހިނގި މާރާމާރީގައި ހިމެނޭ ބިދޭސީ މީހާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
22 މޭ 2024 - 18:55 1
ހުޅުމާލޭގައި ބިދޭސީއަކު ދިވެއްސަކަށް ތޫނުއެއްޗަކުން ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މި ހާދިސާއާ ގޫޅޭ ގޮތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މި ހާދިސާ ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ ލަންސިމޫ މަގުގައި ކަމަށެވެ. އަނިޔާވީ އޭނާގެ އަތަށެވެ.
މި ހާދިސާގައި ހިނގައި ދިޔަ ގޮތުގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ހަމައެކަނި ބުނީ އެ މައްސަލައިގައި ބިދޭސީ މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އަނިޔާވި މީހާއަށް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށާއި، އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
Comment