Advertisement

ކޭން ޔޫރޯ އަށް ފިޓުވާނެ

22 މޭ 2024 - 11:06 0


ކޭން ޔޫރޯ އަށް ފިޓުވާނެ

22 މޭ 2024 - 11:06 0

ލަންޑަން (މެއި 22) – އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޔޫރޯ އަށް ފިޓުވާނެ ކަމަށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

އަންނަ މަހު ޖަރުމަންގައި ފަށާ ޔޫރޯ އަށް ސައުތުގޭޓް ނެގި ސްކޮޑްގައި ބަޔާން މިއުނިކަށް ކުޅެމުންދާ ފޯވަޑް ކޭން ވަނީ ހިމަނައިފަ އެވެ. އެކަމަކު، ޖަރުމަން ލީގުގައި ބަޔާން ކުޅުނު އެންމެ ފަހު ދެ މެޗުގައި އަނިޔާގެ ސަބަބުން ކޭން ،30، ނުކުޅެ އެވެ.

ސައުތުގޭޓް ބުނީ ކޭންއަށް ދިމާވި މައްސަލަ މިހާރު ރަނގަޅުވެފައިވާ ކަމަށާއި ޔޫރޯ އަށް އޭނާ ފިޓުވާނެ ކަމަށެވެ.

"މިހާރު އެ މައްސަލަ އޮތީ ރަނގަޅުވެފައި. އަސްލު ފަހު ދެ މެޗަށް އޭނާ އަވަސް އަރުވާލާފައި ނުކުންނަން ބޭނުންނުވީ. އެއީ ރަނގަޅު ނިންމުމެއް،" ސައުތުގޭޓް ބުންޏެވެ.

ބަޔާންގައި ކޭން ހޭދަކުރި ފުރަތަމަ ސީޒަންގައި 45 މެޗުން 44 ލަނޑު ވަނީ ޖަހައިފައެވެ. އެކަމަކު، ބަޔާންގައި ކޭން ހޭދަކުރި ފުރަތަމަ ސީޒަންގައި އެ ޓީމަށް އެންމެ ތައްޓެއް ވެސް ނުލިބެއެވެ. މިއީ، 2012 ވަނަ އަހަރުގެ ފަހުން ތައްޓެއް ނުލިބި، ބަޔާން ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ.