Advertisement

ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ވަރުގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެއްޖެ

ސިންގަޕޫރު އެއާލައިންސްގެ ފްލައިޓު ކޮޅިގަނޑެއްގައި ޖެހުން: ހާދިސާގައި އެކަކު ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް


ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ވަރުގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެއްޖެ

ސިންގަޕޫރު އެއާލައިންސްގެ މަތިންދާބޯޓެއް ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރަނިކޮށް ވަރުގަދަ ކޮޅިގަނޑެއްގައި އިއްޔެ ޖެހި އެކަކު މަރުވެއްޖެ އެވެ.

ސިންގަޕޫރު އެއާލައިންސްއިން ބުނީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން އުމުރުން 71 މީހެއް ކަމަށާއި، އެމީހާގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށެވެ.

ސިންގަޕޫރު އެއާލައިންސްގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ބޮއިންގް 300-777 އީއާރްގެ މި ފްލައިޓަށް ދިމާވި ހާދިސާއާއެކު ތައިލޭންޑަށް ފްލައިޓު ޑައިވާޓުކޮށް، ބެންގްކޮކްގައި ހުންނަ ސުވަރުނަބޫމީ އެއާޕޯޓަށް ޖެއްސީ ކުއްލިހާލަތުގައި ކަމަށެވެ.

ހާދިސާގައި އަނިޔާވި 18 ފަސިންޖަރަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު، ޖުމްލަ 71 ފަސިންޖަރަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސް އެވެ.

ފްލައިޓު ކޮޅިގަނޑުގައި ޖެހުނު ވަގުތު 37،000 ފޫޓުން 31،000 ފޫޓަށް ވައްޓާލި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްލައިޓުން ދަތުރުކުރި ހުރިހާ އެންމެންނަށް ދޭން ޖެހޭ ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް ސިންގަޕޫރު އެއާލައިންސްއިން ވަނީ ބުނެފަ އެވެ.