20 މޭ 2024 - 20:38 0
20 މޭ 2024 - 20:38 0
އައްޑޫ ސިޓީގެ ފޭދޫގައި އިސް ރަށްވެހިންގެ މަރުކަޒެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ފޭދޫގައި އިސް ރަށްވެހިންގެ މަރުކަޒެއް އަޅަން ނިންމީ ކެބިނެޓުގެ ލަފަޔާއެކު ކަމަށެވެ. އައްޑޫގައި އިސް ރަށްވެހިންގެ މަރުކަޒެއް އަޅަން ނިންމާފައިވާކަން މީގެ ކުރިން ޑިސެމްބަރު، 2023، ގައި ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
"[އިސް ރަށްވެހިންގެ މަރުކަޒު އަޅަން ނިންމީ] ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމުގެ ގޮތުން،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އޭގެ އިތުރުން، ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ މީހުންނަށް ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނަށް ބޯހިޔާވަހިކަމުގެ ސްކީމްތަކުން ޕޮއިންޓް ދެވޭނެ އުސޫލެއް ކަނޑައަޅަން ވެސް ރައީސް ވަނީ ނިންމައިފަ އެވެ.
ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރަން، ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއްކަން އެ އޮފީހަކުން ނުބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment