Advertisement

ޓެކްސީ ކުރާ އަގުތަކަށް ބަދަލުގެނައުމުން ޑްރައިވަރުންގެ ނުރުހުން

15 މޭ 2024 - 12:01 1

ނިމާ ހަސަން

ނިމާ ހަސަން

މާލޭގައި ދުއްވާ ޓެކްސީތައް މާލޭ މަގުމަތީގައި; އަގުތަކަށް ސަރުކާރުން ގެނައި ބަދަލާމެދު ޑްރައިވަރުން ވަނީ ނުރުހުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު


ޓެކްސީ ކުރާ އަގުތަކަށް ބަދަލުގެނައުމުން ޑްރައިވަރުންގެ ނުރުހުން

15 މޭ 2024 - 12:01 1

މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އަގުތަކަށް ސަރުކާރުން ބަދަލު ގެނައުމުން, ޓެކްސީ ޑްރައިވަރުން އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.

މިފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނައީ, ހަ ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން އެއް ފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ އަގުތަކަށެވެ. އެ އުޅަނދުތަކުގައި ޓެކްސީ ކުރަން ހާއްސަ އަގުތަކެއް ކަނޑައެޅިއިރު, އެއަށްވުރެ ކުޑަ އުޅަނދުތަކުން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކަށާއި, ދާގީނާއަށް އިތުރަށް ފައިސާ ނެގޭ ގޮތަށް ވެސް މިނިސްޓްރީން ނިންމި އެވެ. އެ އަގުތަކަށް އަމަލުކުރަން ފަށަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ޓެކްސީ ޑްރައިވަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ, މިނިސްޓްރީން އަގުތައް ކަނޑައެޅީ ޑްރައިވަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ހަތް ސީޓުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތަކަކީ, މީގެ ކުރިން ދަތުރު ކުރަމުން އައި އަގުތަކަށް ވުރެ 40 ޕަސަންޓު ކުޑަ އަގެއް ކަމަށް ޑްރައިވަރުން ބުނެ އެވެ.

"ސަރުކާރުން އެކަން [ޓެކްސީ އަގުތައް ބޮޑު] ނުކުރާނެ ކަމަށް ބުނެ, ތަފާތު މީޓިންތަކުގައި ވާހަކަ ދައްކާ, މީޓަރު ކަނޑައެޅެންދެން މިހާރު ހުރި އަގުތަކުގައި ބަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު, އަޅުގަނޑުމެންނަށް ނޭނގި ކުއްލިއަކަށް ވޭން ދަތުރުތަކުގެ އަގު 40 ޕަސަންޓު ކުޑަކޮށްފައި މިއޮތީ އިއުލާނުކޮށްފައި" ޑްރައިވަރުން ބުންޏެވެ.

ޑްރައިވަރުން ބުނި ގޮތުގައި, ސަރުކާރުން މި ފިޔަވަޅު އެޅީ އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތަކަށް, އެމްއޭސީއެލް މުވައްޒަފުންނާއި ފުލުހުން މެދުވެރިކޮށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށްފަހު ކަމަށެވެ. އެގޮތުން, އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުން ހިފަހައްޓާ, ފަހަރަކު މީހަކަށް ދަތުރު ކުރުމުގެ ފުރުސަތު ދިނުމުން, އެކަމަށް ގިނަ ވަގުތު ހޭދަވާ ކަމަށް ޑްރައިވަރުން ބުނެ އެވެ.

އަގުތަކަށް ބަދަލުގެނައުމުގެ އިތުރުން, ސަރުކާރު ކުންފުންޏެއް ކަމަށްވާ އެމްޓީސީސީން ޓެކްސީ ނިޒާމުގެ ތެރެއަށް ވަދެ, އެ ކުންފުނިން ނަގާފައިވާ ކާރުތައް އެއާޕޯޓުގައި ދަތުރުކުރަން ފަށާފައިވާ ކަމަށް ވެސް ޑްރައިވަރުން ތުހުމަތު ކުރެ އެވެ.