Advertisement

އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

13 މޭ 2024 - 16:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އުކުޅަހު ބިން ހިއްކި ދުވަސްވަރު އެ ރަށުގެ މަންޒަރެއް - ފޮޓޯ: އަދަދު


އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

13 މޭ 2024 - 16:19 0

އއ. އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވުމުން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ އުކުޅަހު ހިއްކި ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެއްޓިގެން ކަމަށްވެ އެވެ.

އެކްސިޑެންޓުގައި އިތުރު ވެހިކަލެއް ނުވަތަ މީހަކުވެސް ބައިވެރިވި ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ކަމަށާއި އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ އުކުޅަހު ސިއްހީ މަރުކަޒުގައި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.