Advertisement

ޕޮލިސް ސްޓޭޝަން ރިސެޕްޝަނުން ފިލި މީހަކު ހަތަރު މަހަށް ޖަލަށް

ޕޮލިސް ހެޑްކުއާޓަރު، ޝަހީދު އަލީ ހުސައިން ބިލްޑިން: ފުލުހުންގެ ބަންދުން ފިލި މީހަކު ޖަލަށް ލާން ހުކުމްކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޕޮލިސް ސްޓޭޝަން ރިސެޕްޝަނުން ފިލި މީހަކު ހަތަރު މަހަށް ޖަލަށް

ވިލިމާލެ ޕޮލިސް ސްޓޭޝަން ރިސެޕްޝަންގައި، ކުށުގެ ތުހުމަތެއްގައި ހައްޔަރުކޮށްގެން ގެންގޮސް ބަހައްޓާފައިވަނިކޮށް ފިލި މީހަކު ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައި ބުނާ ގޮތުން އެއީ ޑިސެމްބަރު 15، 2022 ގައި ހިނގި ކަމެކެވެ. އެ ދުވަހު ހަވީރު ފުލުހުން އޭނާ ހައްޔަރުކުރީ ޖިނާއީ މައްސަލައެއްގެ ތުހުމަތުގަ އެވެ. ހައްޔަރުކޮށްގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ރެސެޕްޝަނުގައި ބެހެއްޓި އެވެ. އިރުއޮއްސުމުގެ ކުރިން އޭނާ ފިލި ކަމަށް ދައުވާގައިވެ އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އެ މީހަކު ކޯޓުގައި އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން ކުށް ސާބިތުވާ ކަމަށް، މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ކަނޑައެޅުއްވި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމެއްގައިވަނީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށެވެ.