Advertisement

އޮލިމްޕިކްސް ކޮލިފިކޭޝަނަށް ރާއްޖޭގެ ޓީޓީ ޓީމު ނޭޕާލް އަށް

8 މޭ 2024 - 11:42 0

އަތޫފް އާތިފް

އަތޫފް އާތިފް

2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ތެރެއިން ދީމާ ބޯޅައެއް ފޮނުވާލަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


އޮލިމްޕިކްސް ކޮލިފިކޭޝަނަށް ރާއްޖޭގެ ޓީޓީ ޓީމު ނޭޕާލް އަށް

8 މޭ 2024 - 11:42 0

ސައުތު އޭޝިއަން ރީޖަނުގެ އޮލިމްޕިކްސް ކޮލިފިކޭޝަނަށް ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމު ނޭޕާލަށް ފުރައިފި އެވެ.

އޮލިމްޕިކްސް ކޮލިފިކޭޝަނުގައި ސައުތު އޭޝިއާ އިން ވާދަކުރާނީ ހަތް ގައުމުންނެވެ. ކޮލިފިކޭޝަނުން ދެކުނު އޭޝިއާ ސަރަހައްދުން ބައިވެރިނުވާ ހަމައެކަނި ގައުމަކީ އިންޑިއާ އެވެ.

ކޮލިފިކޭޝަން ކުރިއަށް ދާނީ މި މަހު 13- 15 އަށް ނޭޕާލުގަ އެވެ.

އޮލިމްޕިކް ކޮލިފިކޭޝަނަށް ރާއްޖެއިން ފުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ, ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ، މިޝްކާ މުހައްމަދު އިބްރާހީމް، މޫސާ މުންސިފް އަހުމަދު އަދި އަޚްޔާރް އަހުމަދު ޚާލިދު އެވެ. މުންސިފް ޓީމަށް އެރީ ޝައްފާންއާ އެކު ކުޅުނު ސިލެކްޝަން މެޗުން މޮޅުވެގެންނެވެ.

ކޮލިފިކޭޝަނަށް ފުރި ގައުމީ ޓީޓީ ޓީމުން ފުރުސަތު ގެއްލުނީ، އައިޝަތު ރަފާ ނާޒިމް އަދި މުހައްމަދު ޝައްފާން އަށެވެ. ރަފާ ޓީމުގައި ނުހިމެނީ, ރަފާ މެޑިސިން ކިޔެވުމަށް ރާއްޖޭން ބޭރުގައި ހުރުމުގެ ސަބަބުންނެވެ.

އޮލިމްޕިކް ކޮލިފިކޭޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދެކުނު އޭޝިއާގެ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން ދެ ކުޅުންތެރިންނަށް ލިބެ އެވެ. އަދި ކޮލިފިކޭޝަނުގެ ޗެމްޕިއަން މި އަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިސްގައި ފަށާ, އޮލިމްޕިކްސް އިން ޖާގަ ލިބޭނެ އެވެ.

ކޮލިފިކޭޝަނުގެ ކުރިން އޮލިމްޕިކް ސްކޮލާޝިޕްގެ ދަށުން ރާއްޖޭގެ ދީމާ ވަނީ ތަމްރީނު ފުރިހަމަ ކޮށްފަ އެވެ. އަދި މި ފަހުން ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވި މުބާރާތްތަކުގައި ދީމާ ވަނީ ރަނގަޅު ކާމިޔާބީ އެއް ހޯދާފަ އެވެ.