Advertisement

އިންޑަސްޓްރިއަލް ޒޯނު ސާފުކޮށް, ގޮނޑު ނުކުރެވޭ ގޮތަށް ބަންދުކުރަނީ

6 މޭ 2024 - 17:11 0

ނިމާ ހަސަން

ނިމާ ހަސަން

އިންޑަސްޓްރިއަލް ޒޯނު ގޮނޑުކޮށްފައި; އެތަން ސާފު ކުރުމަށްފަހު ގޮނދު ނުކުރެވޭ ގޮތަށް ބަންދު ކުރަން ނިންމާފައިވޭ -- ފޮޓޯ: މިރާން/ އަދަދު


އިންޑަސްޓްރިއަލް ޒޯނު ސާފުކޮށް, ގޮނޑު ނުކުރެވޭ ގޮތަށް ބަންދުކުރަނީ

6 މޭ 2024 - 17:11 0

ކުނި އަޅާ ގޮނޑުކޮށްފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކޮށް, އެ ސަރަހައްދު ދެން އިތުރަށް ގޮނޑު ނުކުރެވޭ ގޮތަށް ބަންދު ކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ 'އަދަދު' އަށް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމަށްފަހު އެތަނުގެ ބައެއް ސަރަހައްދުތަކަށް ކުނި ނޭޅޭނެހެން ބަލަހައްޓާނެ ކަމަށެވެ. އެގޮތުން އެތަނުގައި ސެކިއުރިޓީ ގާޑެއް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އިންޑަސްޓްރިއަލް ވިލެޖަށް ވަދެވޭނެ. އެކަމަކު ބޮޑެތި ކުނި ހިފައިގެން ނުވަދެވޭނެ, އެތަނުގައި ހުންނަ ވެމްކޯ ސްޓޭޝަން ފަޅިއަށް ދެވޭނީ. ޕެޓްރޯލް ޝެޑުތަކަށް ވެސް ދެވޭނެ" ޝަތުފާ ވިދާޅުވި އެވެ.

ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ހާއްސަކޮށް މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައިގެން "އިންޑަސްޓްރިއަލް ވިލެޖް" ގާއިމުކުރީ 2016 ވަނަ އަހަރެވެ. ހިއްކި ބޭނުން ނުފުދި, އިންޑަސްޓްރިއަލް ވިލެޖު ގޮނޑު ކުރާތާ ގިނަ އަހަރުތަކެއް ވެެއްޖެ އެވެ.

މިހެން އޮއްވާ، މާލެ-ތިލަފުށި ބްރިޖުގެ އަމަލީ މަސައްކަތް ފެށިފަހުން އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑުބައެއް އޮތީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފަ އެވެ. ތިލަމާލެ ބްރިޖު މާލެއާއި ވިލިމާލެއާ ގުޅުވާލަނީ އެ ސަރަހައްދުން ކަމަށްވާތީ, މިހާރު ވެސް އެތަނުގައި ގެންދަނީ މަސައްކަތް ކުރަމުންނެވެ.