Advertisement

މާލެއިން ހަތަރު ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި: މާލެއިން ހަތަރު ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


މާލެއިން ހަތަރު ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މާލެއިން ހަތަރު ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި، 2 ގައި ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި ހަތަރު ކިލޯ ހުރި ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.