19 މޭ 2024 - 04:36 0
ލީވާން އަލީ ނާސިރު
ފުލުހުން ބާރުގެ ބޭނުންކޮށްގެން މީހަކު ހައްޔަރުކުރަނީ: އެމީހާ ހައްޔަރުކުރިއިރު ފުލުހުން ހަރަކާތްތެރިވީ ރަނގަޅަށްތޯ ބަލަން ވަނީ ހުށަހަޅާފައި -- ފޮޓޯ: އެކްސް
19 މޭ 2024 - 04:36 0
ފުލުހުންނަށް ބިރު ދެއްކި ބަޔަކު ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވި ގޮތް ބެލުމަށް ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑަށް އަންގައިފި އެވެ.
ފުލުހުން ބުނީ ކުލަހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދެއްކައި މާރާމާރީ ހިންގި މައްސަލައެއްގައި ރޭ ތިން ދިވެހިން ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން "އަދަދު" އަށް ވިދާޅުވީ އެމީހުން ހައްޔަރު ކުރުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތާމެދު ޝަކުވާތަކެއް ސޯޝަލް މީޑިއާ އަދި ފުލުހުންނަށް ސީދާ ވެސް ލިބެމުންދާ ކަމަށެވެ.
ސީންގައި ތިބި ފުލުހުން ހައްޔަރުކުރާ މަންޒަރު ވީޑިއޯ ނުކުރަން އަންގާ އަޑު އިވޭއިރު، ޝިފާން ވިދާޅުވީ ފުލުހުންނަށް ދަތިނުވާގޮތަށް ވީޑިއޯ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ވަނީ އެންމެ މީހެއް ހައްޔަރު ކުރަން ވަރަށް ބޮޑަށް ބާރުގެ ބޭނުން ކޮށްފަ އެވެ. އަދި އެމީހާ ހައްޔަރުކުރަން ކުލަ ހެދުމުގައި ތިބި ދެ މީހަކު ވެސް ހަރަކާތްތެރިވި އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރީ 39 އަހަރުގެ ދެ މީހަކާއި، 35 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment