Advertisement

ފުލުހުންނަށް ވަޅިން ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

19 މޭ 2024 - 09:12 0

ރޭ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ނަގައިގަނެގެން ގެންދަނީ: އެ މަންޒަރު ވީޑިއޯ ނުކުރަން ފުލުހުން އެންގި -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް


ފުލުހުންނަށް ވަޅިން ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

19 މޭ 2024 - 09:12 0

ރޭ މާލޭގައި ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދެއްކި ކަމަށް ބުނެ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ފުލުހުންނަށް ވަޅިން ބިރު ދެއްކުމުގެ އިތުރުން މާރާމާރީ ހިންގި މައްސަލައެއްގަ އެވެ.

ހައްޔަރު ކުރީ އުމުރުން 35 އަހަރާއި 39 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. އެ މަައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެ މީހުން ހައްޔަރު ކުރާ މަންޒަރުގެ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެއިން ފެންނަނީ ގިނަ އަދަދެއްގެ ފުލުހުންގެ ބަޔަކު ވެގެން މީހަކު ހައްޔަރު ކުރާ ތަނެވެ. ހައްޔަރު ކުރި މީހާގެ ގަމީސް އޮތީ ވީދައިގެން ގޮސްފަ އެވެ.

އެ ދެ މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތާމެދު ޝަކުވާތަކެއް ލިބިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް މީޑިއާތަކަސް ފޮނުވި މެސެޖުގައި ފުލުހުން ބުންޏެވެ.

އެ މަންޒަރު ވީޑިއޯ ކުރަން އުޅުނު މީހަކަށް އެކަން ނުކުރަން ވެސް ފުލުހުން އެންގި އެވެ. އަދި ވީޑިއޯ ކުރުމަކީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅުން ކަމަށް ވެސް ވީޑިއޯ ކުރި މީހާއާ ދިމާލަށް ފުލުހަކު ބުންޏެވެ.

ނަމަވެސް މި ނޫހުން ގުޅުމުން ފުލުހުން ބުނީ ވީޑިއޯ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.