Advertisement

ހަންޔާސް ކަޕްގެ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

6 މޭ 2024 - 19:20 0

އަތޫފް އާތިފް

އަތޫފް އާތިފް


ހަންޔާސް ކަޕްގެ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

6 މޭ 2024 - 19:20 0

އަރި އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ހަންޔާސް ކަޕް 2024 ގެ މީޑިއާ ޕާޓްނަރަކަށް އަދަދު ސްޕޯޓްސް ހަމަޖައްސައިފި އެވެ.

މި މަހުގެ 18 - 24 އަށް ކުރިއަށްދާ މި އަހަރުގެ މުބާރާތުގައި އދ. އަދި އއ. އަތޮޅުގެ ޓީމުތަކުން ބައިވެރިވާނެ އެވެ.

"އަދަދު ސްޕޯޓްސް"އާ އެކު, ހެދުނު އެގްރީމަންޓްގެ ދަށުން "އަދަދު ސްޕޯޓްސް" އިން ހަންޏާމީދޫގައި ކުރިއަށްދާ މި މުބާރާތުގެ މީޑިއާ ކަވަރޭޖް ގެނެސްދޭނެ އެވެ. އަދި މުބާރާތުގެ ލައިވް އަދަދު ސްޕޯޓްސްގެ ފޭސްބުކް ޕޭޖުން ފެންނާނެ އެވެ.

ފަސް ޓީމާ އެކު 2020 ވަނަ އަހަރު މި މުބާރާތް ފެށި ނަމަވެސް މިދިޔަ އަހަރު މުބާރާތުގައި 10 ޓީމުން ވަނީ ބައިވެރިވެފަ އެވެ. އެއީ ހަންޏާމީދޫ އިން ހަތް ޓީމާއި, އދ. އަތޮޅުގެ ދެ ޓީމުގެ އިތުރުން އއ. އަތޮޅުގެ ޓީމެކެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ލަކުޑި އެވެ. ލަކުޑި ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނިން އެފްސީ ބަލިކުރުމަށް ފަހުގަ އެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދާއިރު, ޖޫނިއާ ކުޅުންތެރިންނަށް އަމާޒުކޮށްވެސް މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަންޏާސް ކަޕް އިންތިޒާމް ކުރަމުން ގެންދާ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.