Advertisement

ފޮނަދޫގައި ދޯންޏަކަށް ކާރެއް އަރުވަނިކޮށް މޫދަށް ވެއްޓިއްޖެ

ލ. ފޮނަދޫގައި ކާރެއް ދޯންޏަކަށް އަރުވަނިކޮށް މޫދަށް ވެއްޓުން: އެއްވެސް މީހަކަށް އަނިޔާ ނުވޭ -- ފޮޓޯ: ފޭސްބުކް


ފޮނަދޫގައި ދޯންޏަކަށް ކާރެއް އަރުވަނިކޮށް މޫދަށް ވެއްޓިއްޖެ

ލ. ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަނިކޮށް މޫދަށް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަނިކޮށް މޫދަށް ވެއްޓުނު ކަމުގެ ރިޕޯޓު ރޭ 19:05 ހާއިރު ލިބިފައިވާ ކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒް "އަދަދު" އަށް ވިދާޅުވީ ކާރު ދޯންޏަށް އެރުވި ވަގުތު އޭގައި މީހަކު ހުރި ކަމަށާއި، ނަމަވެސް ކާރު އަޑިއަށް ދިޔުމުގެ ކުރިން އޭނާ ވަނީ ކާރުގެ ތެރެއިން ނުކުމެފައި ކަމަށެވެ.

މޫދަށް ވެެއްޓުނު ކާރު ނަގައި، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރު އަލުން ދޯންޏަށް އަރުވާފައިވާ ކަމަށް އަހުމަދު ރިޔާޒް ވިދާޅުވި އެވެ.

"އެ ކާރަކީ އެހާ އާ ކާރެއް ނޫން. މޫދަށް ވެއްޓުނީމަ ގެއްލުންތަކެއް ވާނެ،" އަހުމަދު ރިޔާޒް ވިދާޅުވި އެވެ.

ކާރު މޫދަށް ވެއްޓި އަޑިއަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ކާރު ދުއްވަން އިން މީހާ ނުކުންނަ މަންޒަރު ވެސް ފެނެ އެވެ.