ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަން އިތުރު ފުރުސަތެއް ހުޅުވާލައިފި

4 މޭ 2024 - 12:32 1

ބިންވެރިޔާ ސްކީމުން ގޯތި ދޫކުރިއިރު:


ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަން އިތުރު ފުރުސަތެއް ހުޅުވާލައިފި

4 މޭ 2024 - 12:32 1

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން އިތުރު ފުރުސަތެއް ސަރުކާރުން ހުޅުވާލައިފި އެވެ.

ގިރާވަރުފަޅު އަދި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރުމަށްފަހު ސަރުކާރުން ނިންމީ 1347 ގޯތި ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރުމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

ނަމަވެސް ގޯތި ބަދަލު ކުރަން ހުޅުވާލި ފުރުސަތުގައި 2450 އަދި 2050 އަކަފޫޓުގެ ގޯތި ބަދަލު ކުރަން ހުށަހެޅީ ކަނޑައެޅި އަދަދަށްވުރެ މަދުންނެވެ. އެހެންވެ އަނެއްކާ ވެސް އެ ދެ ކެޓަގަރީގެ ގޯތި ބަދަލު ކުރަން ބޭނުންވާ މީހުންނަށް މިއަދު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ގޯތި ބަދަލު ކުރަން ހުޅުވާލި ފުރުސަތުގައި 1250 އަކަފޫޓގެ 928 ގޯއްޗާއި 1650 އަކަފޫޓުގެ 769 ގޯއްޗާއި 2050 އަކަފޫޓުގެ 213 ގޯއްޗާއި 2450 އަކަފޫޓުގެ ތިން ގޯތި ބަދަލު ކުރަން ވަނީ ހުށަހަޅައިފަ އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގޯތި ބަދަލު ކުރަން ހުށަހަޅާފައިވާ ނަމަ ނަގާނީ ގުރެއް ކަމަށެވެ. ގުރު ނެގުން އޮންނާނެ ގޮތެއް އަދި ސަރުކާރުން ނުބުނެ އެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަނީ ކުރިން ކަނޑައަޅާފައިވާ ވަރަށް ގޯތި ދޭން ޖާގަ ނެތިގެން ކަމަށެވެ.

"ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް،" ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ސާބަސް

11 months ago

މިސަރުކާރުގެ 5 އަހަރު ނިމޭއިރު ތިޔަގުރުލާނިމޭނެ ހެނެހިޔެއްނުވެ ތިދަނީ ބަނީއިސްރާއީލް މީހުންގެ ގެރިކަތިލުމއް އެގުރުމިގުރު ކިޔާލަ ކިޔާލާ ތިބޭ ރައްޔިތުން ގުބޯހައްދާފަ 5 އަހަރުހިނގާދާނެ މިދިވެހިން ގަޅިވާނެ