Advertisement

މި ފަހަރުގެ ޔޫރޯ އަށް ވެސް 26 ކުޅުންތެރިންގެ ސްކޮޑެއް

4 މޭ 2024 - 11:34 0


މި ފަހަރުގެ ޔޫރޯ އަށް ވެސް 26 ކުޅުންތެރިންގެ ސްކޮޑެއް

4 މޭ 2024 - 11:34 0

ޒިއުރިކް (މެއި 4) - ޖަރުމަނުގައި ބާއްވާ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވެސް 26 ކުޅުންތެރިންގެ ސްކޮޑެއް ނެގޭނެ ކަމަށް ޔުއެފާ އިން ނިންމައިފި އެވެ.

ކޮވިޑް-19 އަށް ފަހު، ފުޓްބޯޅަ ފެށިއިރު، އެކި މުބާރާތްތަކުގައި ރަޖިސްޓްރީކުރާ ސްކޮޑުގެ އަދަދު އިތުރު ކުރަން ފުރުސަތު ދިނެވެ. އެ ގޮތުން، ކުރިން މުބާރާތްތަކަށް ނެނގޭ 23 ކުޅުންތެރިންގެ ސްކޮޑު 26 އަށް ހަދައިދިނެވެ. މި އުސޫލުން، އެންމެ ފަހުން ބޭއްވި ޔޫރޯ އާއި ފީފާ ވޯލްޑް ކަޕްގައި ވެސް އޮތީ 26 ކުޅުންތެރިންގެ ސްކޮޑު ނެގޭ ގޮތަށެވެ.

އެކަމަކު، ޔުއެފާ އިން މި ފަހަރު ފުރަތަމަ ނިންމީ ކުރިން އޮންނަ ގޮތަށް 23 ކުޅުންތެރިންގެ ސްކޮޑަކަށް ބަދަލުކުރާށެވެ. އެކަމަކު، ޔުއެފާގެ ނެޝަނަލް ކޮމްޕެޓިޝަންސް ކޮމިޓީން އިއްޔެ ނިންމާފައިވަނީ ކުރިން އޮތް ގޮތަށް، 26 ކުޅުންތެރިންގެ ސްކޮޑަކަށް ފުރުސަތު ދޭށެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތަަށް، ޓީމުތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން، 23 ކުޅުންތެރިންގެ ސްކޮޑެއް ހުށަހަޅަން ޖެހެ އެވެ. އަނެއް ތިން ކުޅުންތެރިންގެ ނަން ހުށަހަޅަން، އިތުރު ފަސް ދުވަހުގެ ފުރުސަތެއް ދޭން އޮތީ މަޝްވަރާ ކުރެވިފަ އެވެ.

ސްކޮޑު އިތުރުކުރަން ޔުއެފާ އިން މި ނިންމި ނިންމުމަށް، ޓީމުތަކުގެ ކޯޗުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.