Advertisement

ފަހިދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްފި

ފަހިދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކުރުން -- ފޮޓޯ: ރައީސް އޮފީސް


ފަހިދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްފި

ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ އާ ލޯގޯ ރޭ އިފްތިތާހުކޮށްދެއްވައިފި އެވެ.

އެފްޑީސީ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ އާ ލޯގޯ އިފްތިތާހު ކޮށްދެއްވީ ނައިބްރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.

އެފްޑީސީގެ "ކޮލިޓީ އެޝުއަރަންސް އެވޯޑު" އަދި "އައުޓްސްޓޭންޑިންގް ކޮންޓްރިބިއުޓާ އެވޯޑު" ހާސިލުކުރި ފަރާތަށް އެވޯޑު ދިނުން ވެސް އެ ހަފުލާގައި އޮތެވެ. އެވޯޑްތައް ބައްސަވައިދެއްވީ ވެސް ނައިބުރައީސެވެ.

އަލަށް އިފްތިތާހުކުރި ފަހިދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ -- ފޮޓޯ: ރައީސް އޮފީސް


އެެ ކޯޕަރޭޝަނުގެ "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ހާސިލުކުރި މުވައްޒަފަށް ވެސް ނައިބްރައީސް އެވޯޑުވެސް ހަވާލުކޮށްދެއްވި އެވެ.

ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެއް ގޮތުގައި އެފްޑިސީ އުފައްދާފައިވަނީ މާޗު، 12، 2019 ގައެވެ. ކުންފުނީގެ މަގްސަދަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.