Advertisement

ގިނަ މުބާރާތްތަކަކާ އެކު ކްރިކެޓަށް ހަ މިލިއަން ރުފިޔާގެ ބަޖެޓެއް

4 މޭ 2024 - 11:07 0


ގިނަ މުބާރާތްތަކަކާ އެކު ކްރިކެޓަށް ހަ މިލިއަން ރުފިޔާގެ ބަޖެޓެއް

4 މޭ 2024 - 11:07 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މި އަހަރު ގިނަ މުބާރާތްތަކެއް ބާއްވަން ކަލަންޑަރުކޮށް، ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

މި މަހު ދެ ވަނަ ދުވަހު ބޭއްވި ކްރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ރިޕޯޓް އިއްވުމާއި، މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުމުގެ އިތުރުން، މި އަހަރުގެ ކަލަންޑަރާއި ބަޖެޓް ފާސްކޮށްފައިވަނީ ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކްރިކެޓްގެ މި އަހަރުގެ ކަލަންޑަރުގައި ފާހަގަކޮށްފައިވާ ގޮތުން ގިނަ އިންޓަނޭޝަނަލް މުބާރާތްތަކަކާއި ރާއްޖޭގެ ސީނިއާ ކްރިކެޓް ކުޅޭ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް 12 މުބާރާތެއް މި އަހަރު ބޭއްވުމަށް ރޭވިފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި ޖޫނިއާ ކްރިކެޓް ކުޅޭ ކުޅުންތެރިންނަށް 11 ހަރަކާތްތަކެއްވަނީ މި އަހަރަށް ރޭވިފައިވެ އެެވެ.

މި އަހަރަށް ކްރިކެޓް ބޯޑުން ލަފާ ކުރާ ބަޖެޓަކީ 6,083,440.00 ރުފިޔާ އެވެ.

ބަޖެޓާއި، އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ، ބަޖެޓް ތައްޔާރު ކުރުމުގައި ކްލަބްތަކާ ކުރެވުނު މަޝްވަރާތަކާ އެކު ބަޖެޓް ނިންމާފައިވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ވެސް ދިން ލަފަޔަށް ބެލުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު ހާސިލް ކުރެވުނު ކަންކަމަށް އަލިއަޅުވާލައި ދެއްކެވި ވާހަކައިގައި އަހަރު ތަކަކަށް ފަހު 16 އަހަރުން ދަށުގެ ގައުމީ ޓީމެއް ބައިނަލްއަގުވާމީ މުބާރާތަކަށް ދިޔަކަން ރައީސް ފާހަގަ ކުރެއްވިއެވެ. ހަމަ އެއާ އެކު، 2023 ވަނަ އަހަރު އެއް ދުވަސްވަރެއްގައި ރާއްޖޭގެ ސީނިއާ ދެ ޓީމު ބައިނަލްއަޤްވާމީ ދެ މުބާރާތެއްގައި ވާދަކުރުމަކީ، ވެސް މުސްތަގުބަލަށް ފުރުސަތުތަކެއް ތަނަވަސްވި ކަމެއްގެ ގޮތުގައި ފައިސަލް ވިދާޅުވި އެވެ.