2 މޭ 2024 - 13:49 0
އަހުމަދު އާއިދު
އެމްއެންޔޫގެ ދަސްވެނިމުމުގެ ތެރެއިން : މި އަހަރު ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅީ 1،709 ފަރާތަކުން
2 މޭ 2024 - 13:49 0
މި އަހަރު ހުޅުވާލި ސްޓޫޑަންޓް ލޯނުގެ ފުރުސަތުގައި ލޯނަށް އެދި ހުށަހެޅީ 1،709 މީހުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެބްރުއަރީ 29، ގައި ހުޅުވާލި މި އަހަރުގެ ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވީ މިއަދު 1:30 އަށެވެ.
ސްޓޫޑަންޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވާ އެންމެނަށް ލޯނު ދޭން ނިންމައިފި
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމައިފި

ފުރަތަމަ އިއުލާންކުރީ ވަކި ހާއްސަ ދާއިރާތަކެއް ކަނޑައަޅައި، އެ ދާއިރާތަކަށް ޖާގަ އެކަށައަޅައި، ޖުމްލަ 500 ދަރިވަރުންނަށް ލޯނު ދޫކުރާށެވެ.
ހަޔާ އެޑިޔުކޭޝަން ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment