1 މޭ 2024 - 05:31 1
1 މޭ 2024 - 05:31 1
ދާދި ފަހުން ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅުނު ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ، ހަސަން ޒަޔާން އާއި ނިބާލް އަހުމަދު ޓްރެއިނިން ކޭމްޕެއްގައި މެލޭޝިއާ އަށް ފުރައިފި އެވެ.
މިއީ، ދާދި ފަހުން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރިވައިވަލްއާ ގުޅުނު ޒަޔާން އާއި ނިބާލް އަށް ކްލަބުން ހަމަޖައްސައިދިން ފުރަތަމަ ޓްރެއިނިން ކޭމްޕް އެވެ.
ޒަޔާން އާއި ނިބާލްގެ ޓްރެއިނިން ކުރިއަށްދާނީ މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކެޑަމީގަ އެވެ. މި ދެ ކުޅުންތެރިންނަށް ރިވައިވަލް އިން މި ކޭމްޕް ހަމަޖައްސައިދީފައިވަނީ މި އަހަރު އޮތް އިންޓަނޭޝަނަލް މުބާރާތްތަކަށް ޓާގެޓްތަކެއް ކަނޑައެޅުމަށް ފަހު އެވެ.
މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދި ނިބާލް، ރިވައިވަލް ހައި ޕާފޯމަންސް ޓީމާ އެކު ފެނިގެންދިއުމަކީ އެ ޓީމު އިތުރު ހަރުފަތަކަށް ގެންދަން ލިބިގެންދިޔަ ހިތްވަރެެކެވެ.
ގައުމީ ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދި ނިބާލް އަކީ މިދިޔަ އަހަރު މަަޑަަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. އެންމެ ފަހުން ދެ އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑަލް އާއި ލޯ މެޑަލް ހޯދި ޓީމުގައި ވެސް ނިބާލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޒަޔާން އަކީ، 2021 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާުތުގެ ދެ ވަނަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަނެވެ. މަޑަގަސްކަރާގައި މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދި ގައުމީ ސްކޮޑުގައި ހިމެނޭ ޒަޔާން އަކީ، ގައުމީ ޓީމުގައި މިދިޔަ އަހަރުތަކުގައި ހިމެނިގެން އެހެން މުބާރާތްތަކުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޖައި
11 months ago
ދެކުދިންނަށްވެސް ކާމިޔާބީއަށް އެދެން. ރިވައިވަލްއަށް ޝުކުރިއްޔަ! ކުޅުންތެރިންނަށް ލިބޭ ލާރިކޮޅަށް ވާނުވާއެއްނޭނގޭ. ކަންކުރަންތިބޭ ބައެއްގެ އިޚްލާޞްތެރިމެއްނެތީމަ އެއްޗަކަށް ނުވަނީ. ދުވަހަކުވެސް ބެޑްމިންޓަން ނައިޓެއް ނޫނީ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުކުރަން އެސޯސިއޭޝަނަށް ކަމެއްކުރެވުނުބާ! އަމިއްލަ ޖަމްޢިއްޔާއަކުން ކުރާވަރުވެސް އެމީހުނަށް ނުވެގެން އެއުޅެނީ.
Comment