Advertisement

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް

30 އޭޕްރީލް 2024 - 23:47 0

އަހުމަދު އާއިދު

އ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް

30 އޭޕްރީލް 2024 - 23:47 0

Advertisement

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރެއްގައި ރޭ ސިންގަޕޫރަށް ވަޑައިގެންފި އެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ނުރަސްމީ ދެ ވަނަ ދަތުރެވެ. އިންތިހާބަށް ފަހު، ހުވާ ކުރެއްވުމުގެ ކުރިން ވެސް ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.

Advertisement

ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ، މާޗު 22 ގައި ދެ ދުވަހުގެ ދަތުރަކަށެވެ.

އެ ފަހަރު ވެސް، އަދި މި ފަހަރުގެ ނުރަސްމީ ދަތުރުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވަ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ތުރުކީ، އެކުވެރި އަރަބި އިމާރާތް، އަދި ޗައިނާއަށް ރަސްމީ ދަތުރުތަކެއް ކުރައްވައިފަ އެވެ. އެކުވެރި އަރަބި އިމާރާތައް ރައީސް ދެ ފަހަރެއްގެ މަތިން ވަޑައިގަތެވެ. ތުރުކީ އަދި ޗައިނާ ދަތުރުގައި އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.