Advertisement

އެންތަނީ، ރޮނާލްޑޯ އާއި ބެކަމްގެ ކުޅުން ދަސްކުރަނީ

30 އޭޕްރީލް 2024 - 15:08 0


އެންތަނީ، ރޮނާލްޑޯ އާއި ބެކަމްގެ ކުޅުން ދަސްކުރަނީ

30 އޭޕްރީލް 2024 - 15:08 0

މެންޗެސްޓާ (އޭޕްރީލް 30) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ އެންތަނީ, އެ ޓީމުގެ ލެޖެންޑުން ކަމަށްވާ ޑޭވިޑް ބެކަމް އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުން ދަސްކުރަން މަސައްކަތް ކުރާ ކަމަށް ބުނެފި އެވެ.

ދާދި ފަހުން މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އެންތަނީ ވަނީ އޭނާގެ ކުޅުމުގެ ފެންވަރު މަތިކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

"އަހަރެން އަބަދުވެސް ރޮނާލްޑޯގެ ކުޅުން ބަލަން. މި ކުލަބާއެކު, އޭނާ ވަނީ ވިންގާ އެއްގެ މަގާމަށް ގިނަ އަހަރުތަކަކު ކުޅެފަ." އެންތަނީ ބުންޏެވެ.

އެންތަނީ ބުނީ ރޮނާލްޑޯގެ އިތުރުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ބްރެޒިލްގެ ތަރި ނޭމާގެ ކުޅުން ބަލަމުން އަންނަ ކަމަށާއި, އެ ތިން ކުޅުންތެރިންނަކީ އޭނާގެ "އައިޑަލް" ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ކުޅުން ބަލައި ކަންކަން ދަސްކުރަން ބޭނުންވާ ކަމަށް އެންތަނީ ބުންޏެވެ.

އެންތަނީ ބުނީ ބެކަމް އަކީ އޭނާ ވަރަށް ކުޑައިރުން ފެށިގެން ފޭވަރިޓެއް ކަމަށާއި, ކުޑައިރު, ބެކަމްގެ ކުޅުން ބަލާ ކަމަށެވެ. އަދި ވީޑިއޯ ގޭމްތަކުގައި ބެކަމް "ނަގައިގެން" ކުޅޭ ކަމަށް އެންތަނީ ބުންޏެވެ.

މި ފަހުން ބެކަމްގެ ކުޅުމަށް އަދި ބެކަމްގެ ކެރިޔަރަށް އޭނާގެ ޝައުގުވެރިކަން ހުއްޓުނީ ބެކަމްގެ ޑޮކިއުމެންޓްރީ އިން ކަމަށާއި, އެ ޑޮކިއުމެންޓްރީގެ ޒަރިއްޔާއިން ގިނަ ކަންކަން ދަސްކުރި ކަމަށް އެންތަނީ ބުނެފައިވެ އެވެ.

"އަހަރެން މަސައްކަތް މި ކުރަނީ, ހަލުވި ކުޅުންތެރިންނާއި, ސްކިލްފުލް ކުޅުންތެރިންގެ ކުޅުން ދަސްކުރަން. އޭގެ ތެރެއިން ތަފާތު ދެ ސްޓައިލަކަށް ކުޅޭ ދެ ކުޅުންތެރިން ރޮނާލްޑޯ އާއި ބެކަމް އަކީ" އެންތަނީ ބުންޏެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް މި ސީޒަނުގައި އެންތަނީ އަށް ޖެހުނީ އެންމެ ގޯލެކެވެ. އެފްއޭ ކަޕްގައި ވަނީ ދެ ގޯލު ޖަހައިފަ އެވެ.