Advertisement

އެފްޑީސީއިން ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި

28 އޭޕްރީލް 2024 - 17:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަނީ: މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން އެ ކުންފުނިން ހާއްސަ އިސްކަމެއްދޭ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް/އަދަދު


އެފްޑީސީއިން ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި

28 އޭޕްރީލް 2024 - 17:58 0

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ ދުވަސް މިއަދު ފާހަގަކޮށްފި އެވެ.

މި ދުވަސް ފާހަގަކުރަން އެފްޑީސީން ބޭއްވި ހަރަކާތުގައި، އެ ކުންފުނީގެ ޕްރޮޖެކްޓްސް އަދި ޕްލޭނިން ޑިޕާޓްމަންޓުން ވަނީ އެފްޑީސީގެ ފެސިލިޓީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އަމަލުކުރާ އުސޫލުތަކާއި ގަވައިދުތައް ބައިވެރިންނާ ހިއްސާކޮށްފަ އެވެ.

މި ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަމުން އެފްޑިސީގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކަށް އެ ކުންފުނިން ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

"އެހެންކަމުން އިމާރާތް ކުރުމުގެ މަސައްކަތްތައް ޒިންމާދާރު ކަމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށްޓަކައި ހަރުދަނާ ނިޒާމުތަކާއި، އިޖުރާއަތްތައް އެފްޑީސީން ތަންފީޒު ކުރަމުންދޭ،" ހަމްދާން ވިދާޅުވި އެވެ،

މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތުގެ މާހައުލުގައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ގަވައިދާ އެއްގޮތުގެ މަތިން އެޅިފައިވޭތޯ ކަށަވަރު ކުރުމަށް އެކަށޭނަ މުވައްޒަފުންގެ ޓީމެއް ވެސް މަސައްކަތް ކުރަމުންދާ ކަމުގައި ހަމްދާން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ހަމްދާން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ތަރައްގީކުރަމުންދާ 4،000 ސޯޝަލް ހައުސިންގް ޔުނިޓްގެ މަސައްކަތަށް "15 މިލިއަން ސޭފް މޭން-އަވާޒް" ހާސިލްކުރެވިފައިވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "އެންޝުއަރިން ސޭފްޓީ އެންޑް ހެލްތު އެޓް ވޯކް އިން ޗެލެޖިން ކްލައިމެޓް" އެވެ.