Advertisement

މެޑްރިޑް އޯޕަންގެ ތިން ވަނަ ބުރުން ނަޑާލް ޖާގަ ހޯދައިފި

28 އޭޕްރީލް 2024 - 18:17 0


މެޑްރިޑް އޯޕަންގެ ތިން ވަނަ ބުރުން ނަޑާލް ޖާގަ ހޯދައިފި

28 އޭޕްރީލް 2024 - 18:17 0

މެޑްރިޑް (އޭޕްރީލް 28) - މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި އޮސްޓްރޭލިއާގެ އެލެކްސް ޑި މީނާ ބަލިކޮށް ސްޕެއިންގެ ރަފެއަލް ނަޑާލް މުބާރާތުގެ ތިންވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މީގެ 10 ދުވަސް ކުރިން ބާސެލޯނާ އޯޕަންގައި އެލެކްސް ވަނީ ނަޑާލް ބަލިކޮށްފަ އެވެ. މި މެޗަށް ނަޑާލް ނުކުތުމުގެ ކުރިން ވަނީ އެ މެޗު ދިޔަގޮތް ހަނދާން ނެތް ކަމަށް ބުނެފަ އެވެ. މި މެޗު ނަޑާލް ކާމިޔާބުކުރީ 7-6 (8-6) 6-3 އިންނެވެ.

ތިންވަނަ ބުރުގެ މެޗުގައި ނަޑާލް ވާދަކުރަން ޖެހޭނީ މި މުބާރާތުގައި 20 ވަަނަ އަށް ސީޑް ކޮށްފައިވާ އާޖެންޓީނާގެ ޕެޑްރޯ ޗަޗިން އާއެވެ.

"އެލެކްސް ބަލިކޮށް ތިންވަނަ ބުރުން ޖާގަ ލިބުމުން މިހުރީ ވަރަށް އުފާވެފައި. އަހަރެންނަށް ޓެނިހަކީ މައްސަލަ އެއް ނޫން. އަދިވެސް މި ބަލަނީ އަނިޔާއިން ސަލާމަތްވެ ހުރެވޭތޯ," ނަޑާލް ބުންޏެވެ.

ނަޑާލް ވަނީ މި އަހަރަކީ އޭނާ ޕްރޮފެޝަނަލް ލެވަލްގައި ޓެނިސް ކުޅޭނެ ފަހު އަހަރުކަން ހާމަކޮށްފަ އެވެ.

މީގެ ކުރިން ނަޑާލް ވަނީ މެޑްރިޑް އޯޕަންގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. ނަޑާލް 37, ބުނީ އޭނާ ތައްޔާރު ވަމުން އަންނަނީ ފްރެންޗް އޯޕަން މުބާރާތައް ކަމަށާއި, އެކަމަކު އެ މުބާރާތް ވެސް ކުޅޭނީ ރަނގަޅު ޕާފޯމެންސް އެއް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތްނަމަ ކަމަށެވެ.

ނަޑާލް އަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފަ އެވެ.