Advertisement

މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އިންތިޒާމު ހަމަޖައްސަން ޑެމޮކްރެޓްސްއިން ގޮވާލައިފި

27 އޭޕްރީލް 2024 - 20:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: މެޑިކަލް ސްކޫލުގެ އިންތިޒާމު ހަމަޖައްސަން ޑެމްސްއިން ވަނީ ގޮވާލަ


މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އިންތިޒާމު ހަމަޖައްސަން ޑެމޮކްރެޓްސްއިން ގޮވާލައިފި

27 އޭޕްރީލް 2024 - 20:53 0

ދަރުމަވަންތަ ހޮސްޕިޓަލުގައި ވަގުތީ ގޮތުން ގާއިމުކޮށްފައިވާ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް އެތަނުން ބަދަލު ކުރުމާ ގުޅިގެން، އެ ދަރިވަރުންނަށް ބޭނުންވާ އިންތިޒާމު ވީހާވެސް އަވަހަށް ހަމަޖައްސަން ދަ ޑިމޮކްރެޓްސްއިން ގޮވާލައިފި އެވެ.

ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުއްލިގޮތަކަށް އެ ތަނުން ދަރިވަރުން ބަދަލުކުރުމަށް ނިންމުމާ ގުޅިގެން، ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުން އެ ދަރިވަރުން ފާޅުކުރަމުންގެންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުގެ ހިދުމަތްތަކާއި އަދި ހޮސްޕިޓަލުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ އަމަލީ ތަޖުރިބާތައް ހާސިލުކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނޭހެން އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ޑިމޮކްރެޓްސް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

"ދަރިވަރުންނާ ގުޅޭ ކަންކަން އިންތިޒާމުކޮށް، ވަސީލަތްތައް ގާއިމުކޮށްދިނުން މަތިކޮށްފައިވާ ފަރާތްތަކުން އެކަންކަން މެދުކެނޑުމެއް ނެތި ކަށަވަރުކޮށްދިނުމަކީ އިންތިހާއަށް މުހިއްމުކަމެއް،" ޑިމޮކްރެޓްސްއިން ބުނި އެވެ.

ޑިމޮކްރެޓްސްއިން ބުނީ ތައުލީމު ހާސިލުކުރުމުގައި ބޮޑެތި ދަތިތަކާއި ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވިޔަ ނުދިނުމަކީ ކަމާބެހޭ އެންމެހާ ފަރާތްތަކުން އަބަދުވެސް ސަމާލުވާންޖެހޭކަމެއް ކަމަށެވެ.

މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައިކެމްޕަހަށް ބަދަލު ކުރުމުން 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާނެ ކަމަށް އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ވަނީ ބުނެފަ އެވެ.

ސްކޫލް އޮފް މެޑިސިންގައި 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ހަތް ބެޗު ހިމެނެ އެވެ.