Advertisement

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފައިބައިފި: ސަރުކާރު

އިންޑިއާ ސިފައިން އޮޕަރޭޓުކުރި މަތިންދާ ބޯޓުޑޯނިއާ --


ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފައިބައިފި: ސަރުކާރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފައިބާފައިވާ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ ސިފައިން މިހާރު ފައިބައި ނިމިފައިވާ ކަމަށެވެ.

ނަމަވެސް, މިއަދު ފޮނުވާލި ކިތައް ސިފައިން ކަމެއް މިހާތަނަށް ސަރުކާރުން ހާމަ ކޮށްފައެއް ނުވެ އެވެ.

ހީނާ ކުރިން ވިދާޅުވީ އިންޑިއާ ސިފައިންގެ ދެ ބެޗު ފޮނުވާލި ކަމަށާއި، އެއީ ޖުމްލަ 51 ސިފައިން ކަމަށާއި، ފޮނުވާލީ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ސިފައިން ކަމަށެވެ.

އޭގެއިތުރުން ފޮނުވާލީ އައްޑޫގައި އޮތް ހެލިކޮޕްޓަރު ދުއްވާ ސިފައިންގެ ބެޗާއި ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާބޯޓު ދުއްވާ ސިފައިންގެ ބެޗު ކަމަށް ހީނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި، ރާއްޖޭގައި ތިބީ ޖުމްލަ އިންޑިއާގެ 88 ސިފައިންނެވެ.