Advertisement

ދީމާގެ އާ ޓާގެޓް: އިންޑިއާގެ ވަރުގަދަ ކުޅުންތެރިން ބަލިކުރުން

18 މޭ 2024 - 12:00 0

އަތޫފް އާތިފް

އަތޫފް އާތިފް


ދީމާގެ އާ ޓާގެޓް: އިންޑިއާގެ ވަރުގަދަ ކުޅުންތެރިން ބަލިކުރުން

18 މޭ 2024 - 12:00 0

ދެކުނު އޭޝިއާގެ އޮލިމްޕިކްސް ކޮލިފިކޭޝަން ކާމިޔާބުކޮށް އޮލިމްޕިކްސް އިން ޖާގަ ހޯދައި، ފާތިމަތު ދީމާ އަލީގެ އާ އަމާޒަކީ, ސަރަހައްދުގެ ގަދަ ބާރު އިންޑިއާގެ ކުޅުންތެރިން ބަލިކުރުން ކަމަށް ބުނެފި އެވެ.

މޮރީޝިއަސްގައި، 2019 ވަނަ އަހަރު ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) އިން ވިދާލި، ދީމާ، 16، އަންނަނީ, އޭނާ ބައިވެރިވާ ކޮންމެ މުބާރާތަކުން ކަހަލަ ގޮތަކަށް ރާއްޖެ އަށް ކާމިޔާބީއެއް ހޯދައިދެމުންނެވެ.

އެ ފަހަރުގެ އައިއޯއައިޖީ އިން ހޯދި ކާމިޔާބީ އަށް ފަހު, ދީމާ ވަނީ އޭނާގެ އަމާޒަކީ އޮލިމްޕިކްސްގައި ކުޅުން ކަމަށް ބުނެފަ އެވެ. އަދި މި މަހު ނޭޕާލުގައި ކުރިއަށްދިޔަ އޮލިމްޕިކްސް ކޮލިފިކޭޝަނުން ދީމާ ހޯދި ކާމިޔާބީ އާއެކު, އޭނާގެ އެ ހުވަފެން ހަގީގަތަކަށް ވާނެ އެވެ.

ކޮލިފިކޭޝަނުން ދީމާ ހޯދި ކާމިޔާބީއާ އެކު, އިއްޔެ ރާއްޖެ އައުމުން ދީމާ އަށް ވަނީ ރަތް ދޫލައިގެ މަރުހަބާ އެއް ކިޔައިފަ އެވެ. އެ ހަރަކާތައް ފަހު, މީޑިއާތަކަށް ދިން އިންޓަވިއުގައި ދީމާ ބުނީ, މިއީ ވަރަށް ގިނަ ފަރާތްތަކުގެ ބުރަ މަސައްކަތް ކަމަށެވެ.

"ދިސް އިޒް އަސްލު ޓީމް ވޯކް, އައިވުޑް ލައިކްޓު ތޭންކްސް އެވްރީވަން ހޫ ކޭމް ހިޔާ ޓު ސެލަބްރޭޓް ދިސް" ދީމާ ބުންޏެވެ.

ދީމާ ބުނީ, މި އަހަރު ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް އަށް އޭނާ ދާނީ, އޭނާގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށް ހެދުމަށް ވެސް ދީމާ ހުރީ އަމާޒުހިފައިގެންނެވެ

"އައިވޯންޓް ޓު އެކްސްޕީރިއަންސް ދެޓް އެޓްމޮސްފެއާ, އުންމީދުކުރަނީ ދީމާގެ ބެސްޓް ކުޅުން އެ މުބާރާތުގައި ދެއްކުމަށް. ދިސް އިޒް އަ ނިއު ބިގިނިންގް" ދީމާ ބުންޏެވެ.

ދީމާ ބުނީ އޮލިމްޕިކްސްގެ ހުވަފެން ހަގީގަތަކަށްވުމުން ދެން, ބޭނުންވަނީ ސަރަހައްދުގެ އެންމެ ޑޮމިނަންޓް ޓީމު, އިންޑިއާގެ ކުޅުންތެރިންނާ އެކު, ކުޅެ ކާމިޔާބު ހޯދުމަށް ކަމަށެވެ. އަދި އެކަން އެއީ ނުވާނެ ކަމެއް ނޫން ކަމަށް ދީމާ ބުންޏެވެ.

"އިންޑިއާގައި އެބަ އުޅޭ, ވޯލްޑް ކްލާސް ކުޅުންތެރިން, އެ ކުޅުންތެރިން ބަލިކުރުން އެއީ ދީމާގެ ނެސްޓް ޓާގެޓް" ދީމާ ބުންޏެވެ.

ރާއްޖޭގައި ކުރިއަށްދިޔަ ސައުތު އޭޝިއާ ޖޫނިއާ ކެޑޭޓް މުބާރާތުން ދީމާއަށް ފައިނަލުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އިންޑިއާގެ އެއް ނަމްބަރު ޖޫނިއާ ކުޅުންތެރިޔާ އަތުން ބަލިވުމުންނެވެ.