Advertisement

ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް: ޝިޔާމް ވޯލްޑް, ރޯޔަލް, އަނަންތަރާ އަދި ފޯ ސީޒަން ސެމީ އަށް

26 އޭޕްރީލް 2024 - 17:31 0


ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް: ޝިޔާމް ވޯލްޑް, ރޯޔަލް, އަނަންތަރާ އަދި ފޯ ސީޒަން ސެމީ އަށް

26 އޭޕްރީލް 2024 - 17:31 0

އެލް މޯބައިލް ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޝިޔާމް ވޯލްޑް, ރޯޔަލް އައިލެންޑް ރިސޯޓް, އަނަންތަރާ ކިހަވައް މޯލްޑިވްސް, އަދި ފޯ ސީޒަންސް ރިސޯޓުން ޖާގަ ހޯދައިފި އެވެ.

ޝިޔާމް ވޯލްޑުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް 10 ޕޮއިންޓް ހޯދައިގެންނެވެ.

ޝިޔާމް ވޯލްޑުން ދެވަނަ މެޗުގައި ނުކުތީ އަވާނީ ޕްލަސް ފަރެސް މޯލްޑިވްސްއާ ދެކޮޅަށެވެ. މި މެޗު ޝިޔާމް ވޯލްޑުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާ އަކުންނެވެ.

ޝިޔާމް ވޯލްޑްގެ އިތުރުން ގްރޫޕް އޭ އިން ދެން ސެމީގެ ޖާގަ ކަށަވަރުކުރީ ރޯޔަލް އައިލެންޑް ރިސޯޓެވެ. ރޯޔަލް އިން ފުރަތަމަ މެޗުގައި ޝިޔާމް ވޯލްޑް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އަވާނީ ޕްލަސްގެ މައްޗަށް އެ ޓީމުން ވަނީ 4-1 ގެ ނަތީޖާ އަކުން ކުރިހޯދާފަ އެވެ. އެހެންވެ އެ ޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕް ބީ އިން ސެމީގެ ޖާގަ ހޯދީ އަނަންތަރާ އަދި ފޯ ސީޒަންސް އެވެ. މި ގްރޫޕުގައި ކޮންމެ ޓީމަކުން ކުޅުން މެޗުތައް އެއްވަރުވެ ޕޮއިންޓް ވެސް ވަނީ އެއްވަރުވެފަ އެވެ. ކޮންމެ ޓިމަކަށްވެސް އެއް މޮޅު ލިބިފައިވާއިރު, ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. އެއާއެކު ފޯ ސީޒަން އަދި އަނަންތަރާ އަށް ސެމީގެ ފުރުސަތު ލިބުނީ ސެޓަށް ބަލައިގެން އެންމެ ގިނަ ސެޓު ގެންގޮސްފައިވާ ދެ ޓީމަށް ވުމުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ޝިޔާމް ވޯލްޑުން ނުކުންނާނީ ފޯ ސީޒަންސްއާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ރޯޔަލް އައިލެންޑުން ނުކުންނާނީ އަނަންތަރާ އާ ދެކޮޅަށެވެ.