Advertisement

"ހަދިޔާފޮށިން" އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި

26 އޭޕްރީލް 2024 - 06:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަދިޔާފޮށިން އިނާމު ލިބުނު ފަރާތަކާ، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އިނާމު ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: އުރީދޫ


"ހަދިޔާފޮށިން" އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި

26 އޭޕްރީލް 2024 - 06:11 0

ރޯދަ މަހު އުރީދޫއިން ކުރިއަށް ގެންދިޔަ "ހަދިޔާފޮށިން" އިނާމު ލިބުނު ނަސީބުވެރިންނަށް އިނާމުތައް މިއަދު ހަވާލުކޮށްފި އެވެ.

އުރީދޫ ހެޑްކުއާޓާޒްގައި ކުރިއަށް ގެންދިޔަ ރަސްމިއަޔާތުގައި ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒުގެ ބަދަލުގައި އައި މަލީހު މުހައްމަދުއާ ވަނީ އެ އިނާމު ހަވާލު ކޮށްފަ އެވެ.

ހަދިޔާ ފޮށިން ރޯދަ މަސް ތެރޭގައި ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކު ގިނަ އިނާމުތަކެއް ވަނީ ދީފަ އެވެ.

އުރީދޫގެ ހަދިޔާ ފޮށިން އިނާމު ލިބުނު މީހުންނަށް އިނާމު ހަވާލުކުރުން -- ފޮޓޯ: އުރީދޫ


އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ މިއީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށެވެ.

"މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުހަބާ. ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކު،" ނިޔާޒް ބުންޏެވެ.

މި އަހަރުގެ ހަދިޔާ ފޮށީގައި އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު، ޑިސްކައުންޓް ވައުޗާ، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް ހިމެނުނެވެ.