Advertisement

100ޖީބީ އާއެކު އުރީދޫއިން އީދަށް ހާއްސަ އޮފާތަކެއް

10 އޭޕްރީލް 2024 - 21:01 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


100ޖީބީ އާއެކު އުރީދޫއިން އީދަށް ހާއްސަ އޮފާތަކެއް

10 އޭޕްރީލް 2024 - 21:01 0

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސް އޮފާތަކެއް އިއުލާނުކޮށްފި އެވެ.

އުރީދޫއިން ބުނީ މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާ އާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށެވެ.

ވީޑިއޯ ކޯލް ކުރުމާއި ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު ވަނީ ފަހިވެފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އީދު ޕެކް: އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50 ރ އަށް.

ޗުއްޓީ ޕެކް: އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެ އެވެ. އަދި ކަސްޓަމަރުންނަށް މި ޕެކް ތިން ދުވަހަށް 100ރ. އަށް ނުވަތަ 5 ދުވަހަށް 150ރ. އެކްޓިވޭޓް ކުރެވެ އެވެ.

ގިފްޓް އަ ޕެކް: ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ފޮނުވާލެވެ އެވެ.

ޓެކްސްޓް އަ ކޮފީ: އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ޑޭޓާ ހިލޭ ލިބެ އެވެ.

މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.